Advertisement

ޕީއެންއެފްގެ ޖަލްސާގައި ޔާމީން; ދީފައިވާ ލުއިތައް ކަރެކްޝަންސްއިން ރިވިއު ކުރަނީ

26 ޑިސެންބަރު 2023 - 15:08 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ކުރީގެ ރައީސް އަބްދުﷲ ޔާމީނު ޕީއެންއެފަށް ސޮއިކުރައްވަނީ : ޔާމީނަށް ދީފައިވާ ލުއިތަށް ރިވިއު ކުރަމުންދާ ކަމަށް ކަރެކްޝަންސް އިން ބުނެފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ޕީއެންއެފްގެ ޖަލްސާގައި ޔާމީން; ދީފައިވާ ލުއިތައް ކަރެކްޝަންސްއިން ރިވިއު ކުރަނީ

26 ޑިސެންބަރު 2023 - 15:08 1

ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ބަންދުގައި ހުންނަވާ މުއްދަތުގައި ކަރެކްޝަންސް ދީފައިވާ ލުއިތައް ރިވިއު ކުރަމުންދާ ކަމަށް ކަރެކްޝަންސް އިން ބުނެފި އެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު މިހެން ވިދާޅުވީ ޔާމީނު އަލަށް އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓު (ޕީއެންއެފް) ގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާއަށް ވަޑައިގަނެ ގުޅިގެން ފިޔަވަޅެއް އެ މައްސަލަ ބަލަމުންދޭތޯ ސުވާލުކުރުމުންނެވެ.

މީގެ ކުރިން އެމަނިކުފާނު ޕީއެންއެފްގައި ހުންނަވާ ބޭއްވި ޖަލްސާއަކާ ގުޅިގެން އަދި އެއަށްފަހު ޕީއެންއެފާ ގުޅިވަޑައިގަންނަވާ ފޯމުގައި ސޮއިކުރައްވަން އޮފީހަށް ވަޑައިގަތުމުން އެ މައްސަލަތައް ކަރެކްޝަންސްއިން ވަނީ ބަލައި އިންޒާރު ދީފަ އެވެ.

އެކަމާ ގުޅިގެން ޔާމީނު ވަނީ އިތުރު ލުއިތަކަކަށް އެދިވަޑައިގެންފަ އެވެ. އެގޮތުން, އެދުނު ލުއިތަކަކީ ޓީވީ ޕްރޮގުރާމުތަކުގައި ބައިވެރިވުމާއި ޕާޓީ އޮފީހަށް ގޮސް މީހުންނާ ބައްދަލު ކުރުމުގެ ހުއްދަ ކަމަށް އެމަނިކުފާނުގެ ލޯޔަރު، އާދަމް ޝަމީމް ވިދާޅުވި އެވެ. ނަމަވެސް އެ ލުއިތައް ނުދޭން ކަރެކްޝަންސް އިން މީގެ ކުރިން ވަނީ ނިންމާފަ އެވެ.

ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ރައީސް ޔާމީނު މިނިވަން ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭނުގައި ވައުދުވެވަޑައިގެންނެވި އެވެ. އެހެން ނަމަވެސް, އެ ވައުދުފުޅާ އެއްގޮތަށް ރައީސް މުއިއްޒުގެ ވެރިކަމުގައި ޔާމީނަށް އެއްވެސް ލުޔެއް ނުދެއްވާ ކަމަށް އެމަނިކުފާނުގެ އަރިސް ފަރާތްތަކުން ދަނީ ވިދާޅުވަމުންނެވެ.

ޔާމީން މިނިވަން ކުރެއްވުމަށް ރައީސް ވައުދުވެވަޑައިގެންނެވިއިރު, ރައީސާ ދެމެދު ޖެހުނު މައްސަލަތަކުގެ ސަބަނުން ޔާމީނު ވަނީ ވެރިކަމަށް ހަތަރު ވަނައަށް ވީ ދުވަހު ޕީޕީއެމް/ޕީއެންސީ ދޫކުރައްވާ އާ ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ފަށްޓަވާފަ އެވެ.

ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު މިއަދާ ހަމައަށް ވެސް ޔާމީންއަށް ކުރީގެ ސަރުކާރުން ދިން ލުއި ފިޔަވައި އިތުރު އެއްވެސް ލުޔެއް މިސަރުކާރުން ދީފައެއް ނުވެ އެވެ. ޔާމީން މިނިވަން ކުރުމަށް މި ސަރުކާރުން އެއްވެސް މަސައްކަތެއް ވެސް ކޮށްފައި ނުވާ ކަމަށް ޔާމީންގެ އަރިސް ބޭފުޅުން ތުހުމަތު ކުރައްވާފައިވެ އެވެ.