Advertisement

އިޒްރޭލުން ސިރިޔާއަށް ދިން ހަމަލާއެއްގައި އިރާނުގެ ކޮމާންޑަރަކު އަވަހާރަކޮށްލައިފި

26 ޑިސެންބަރު 2023 - 07:09 0

ރާޒީ މޫސާވީ (ވ) ގުދުސް ފޯސްގެ ކުރީގެ ކޮމާންޑަރު ގާސިމް ސުލައިމާނީ.


އިޒްރޭލުން ސިރިޔާއަށް ދިން ހަމަލާއެއްގައި އިރާނުގެ ކޮމާންޑަރަކު އަވަހާރަކޮށްލައިފި

26 ޑިސެންބަރު 2023 - 07:09 0

އިޒްރޭލުން ސީރިޔާއަށް ދިން ވައިގެ ހަމަލާއެއްގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ އިސް މުޝީރަކު އަވަހާރަ ކޮށްލައިފި އެވެ.

އިއްޔެ ދިން އެ ހަމަލާގައި އަވަހާރަކޮށްލީ ސީރިޔާ އާއި އީރާނާ ދެމެދު އުފެދިފައިވާ އަސްކަރީ އިއްތިހާދުގެ އިސް ކޮމާންޑަރެއްގެ ގޮތުގައި ހުންނެވި ސައްޔިދު ރާޒީ މޫސާވީ އެވެ. އޭނާއަކީ ސީރިޔާގައި ތިބި އިރާންގެ ސިފައިންގެ ތެރެއިން އެންމެ ދުވަސްވީ މުޝީރެވެ. ހަމަލާގައި އޭނާގެ އިތުރުން ތިން މީހަކު ނިޔާވި އެވެ.

މޫސާވީ އަވަހާރަވި ހަބަރު އީރާނުގެ ދައުލަތުގެ ޓީވީން ވަގުތުން ގެނެސްދިނެވެ.

މޫސާވީ އަކީ 2020 ވަނަ ވަނަ އަހަރު އީރާންގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އިރާގަށް ވަޑައިގެންނެވިއިރު، އަރިހުގައި ވަޑައިގެންނެވި ބޭފުޅެކެވެ. އެ ދަތުރުގައި ސުލައިމާނީ އަވަހާރަކޮށްލީ، ކާރުގައި ވަޑައިގަންނަވަނިކޮށް އެމެރިކާއިން ދިން ވައިގެ ހަމަލާތަކެއްގަ އެވެ.

އޭގެ ތިން އަހަރު ފަހުން މޫސާވީ ހަވަހާރަކޮށްލާފައިވާއިރު، އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނީ މޫސާވީ އަވަހާރަކޮށްލުމުގެ އަގު އިޒްރޭލުން ދައްކަންޖެހޭނެ ކަމަށެވެ.

"ޝައްކެއް ވެސް ނެތް، މި ޖަރީމާގެ އަގު ޒަޔަނިސްޓު ސަރުކާރުން ދައްކަން ޖެހޭނެ،" ރިވޮލިއުޝަނަރީ ގާޑުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މިހަމަލާއާ ގުޅޭ ގޮތުން އިޒްރޭލުން އަދި ބަހެއް ނުބުނެ އެވެ.

އިރާނުން ސީރިޔާއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށް ދެމުންދާއިރު، ސީރިޔާގައި ހުރި އިރާނުގެ އަމާޒުތަކަށް އިޒްރޭލުން މީގެ ކުރިން ވެސް ހަމަލާތައް ދީފައިވެ އެވެ.