Advertisement

ޔޫތު މިނިސްޓްރީ ދެ މިނިސްޓްރީ އަކަށް ބަދަލުކުރި ދަނޑިވަޅު ބޮޑު ވައްކަމެއް!

24 ޑިސެންބަރު 2023 - 03:31 2

އަހުމަދު އާއިދު

އ

Advertisement


ޔޫތު މިނިސްޓްރީ ދެ މިނިސްޓްރީ އަކަށް ބަދަލުކުރި ދަނޑިވަޅު ބޮޑު ވައްކަމެއް!

24 ޑިސެންބަރު 2023 - 03:31 2

Advertisement

Advertisement

ކުރިން ހިނގަމުން ދިޔަ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓު، މި ވެރިކަމުގައި ދެ މިނިސްޓްރީ އަކަށް ބަދަލުކޮށް، މުދާ ބަދަލުކުރި ދުވަސްވަރު، 65 އިންޗީގެ ބިޔަ ޓީވީއަކާއެކު އަގުބޮޑު މުދާތަކެއް "ވީނުވީއެއް ނޭނގި" ގެއްލިގެން ޕޮލިހަށް މައްސަލަ ހުށަހަޅައިފި އެވެ.

ނޮވެމްބަރު 17، 2023 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލާއެކު ކުރިން ހިންގަމުން ދިޔަ ޔޫތު މިނިސްޓްރީގެ ބަދަލުގައި އުފެއްދީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމެންޓު، އިންފޮމޭޝަން އެންޑު އާޓްސް އެވެ.

Advertisement

އެހެންވެ، ކުރިން ޔޫތު މިނިސްޓްރީގެ ބައެއް ސެކްޝަންތަކާއި މުވައްޒަފުން، އަލަށް އުފެއްދި ދެ މިނިސްޓްރީ އަށް ބަހައިލި އެވެ. އެ ބަދަލުތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ހަރުމުދާ ވީނުވީއެއް ނޭނގި ގެއްލިފައިވާތީ، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންއިން އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހުށަހެޅީ މި މަހުގެ 20 ގައި ކަމަށް އަދަދު ނޫހަށް ވަނީ އެނގިފަ އެވެ.

"ވީނުވީއެއް ނޭނގި" ގެއްލިފައިވާ ތަކެތި

  • އައިޓީ ރޫމުގައި ހުރި ދެ ސީޕީޔޫ
  • ސާވަ ރޫމުގައި ހުރި ދެ މޮނިޓަރު
  • މިނިސްޓްރީގެ ނަމާދު ކުރާ ކޮޓަރީގެ ކުރިމަތީގައި ހުރި ހަތަރު މޮނިޓަރު
  • މިނިސްޓަރުގެ ރޫމަށް ހޯދާފައި ހުރި 65 އިންޗީގެ ޓީވީ

Advertisement

އެ ތަކެތި ވަގަށް ގެންދިޔުމަށް ފަހު، މިނިސްޓްރީގެ ސީސީޓީވީ ފުޓޭޖު ވެސް އެއްކޮށް ފުހެލާފައިވާ ކަމަށް "އަދަދު" ނޫހަށް މައުލޫމާތު ދިން މީހާ ބުންޏެވެ. އެ ފުޓޭޖުތައް ޑިލީޓުކޮށްލާފައިވާ ކަމަށް ބެލެވެނީ ނޮވެމްބަރު 26 ނުވަތަ 27 ގައި ކަމަށް ވެސް އޭނާ ބުންޏެވެ.

މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ޕޮލިހުންގެ އިސް އޮފިސަރަކު އަދަދު ނޫހަށް ވިދާޅުވި އެވެ. ނަމަވެސް އިތުރު ތަފުސީލެއް އޭނާ ނުދެއްވި އެވެ.

Advertisement

16.67%

8.33%

58.33%

16.67%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ކާސިމު

about 1 year ago

ކަލެއަށް ނޭނގޭދޯ ބޮޑުވައްކަމެއް ކުޑަ ވައްކަމެއްވެސް ފާހަގަކުރަން. މީހަކު ޓީވީއެއް ވަގަށް ނެގިއްޔާ އެއީ މިޒަމާނުގަ ބޮޑުވައްކަމަކަށް ވޭތަ؟ ތަންކޮޅެއް ބޮޑުވަރު

ލެޕްޓޮޕް މިނިސްޓަރ

about 1 year ago

ތިކަންތައް ކުރާނެ ކަމަށް އަހަންނަށް ލަފާ ކުރެވެނީ ކުރީގެ ސަރުކާރުގައި އުޅުނު ލެޕްޓޮޕާއި ކޮމްޕިުޓަރ ވަގައްނަގާ މިނިސްޓަރެއް