Advertisement

އެސޯސިއޭޝަން ކަޕް: އަންހެން ޑިވިޝަން ފައިނަލުގައި ޕޮލިހާއި ވެމްކޯގެ ކުރިމަތިލުމެއް

23 ޑިސެންބަރު 2023 - 10:32 0

މި ފަހަރުގެ އެސޯސިއޭޝަން ކަޕްގެ މެޗެއްގެ ތެރެއިން ޕޮލިސް ކްލަބް ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އެސޯސިއޭޝަން ކަޕް: އަންހެން ޑިވިޝަން ފައިނަލުގައި ޕޮލިހާއި ވެމްކޯގެ ކުރިމަތިލުމެއް

23 ޑިސެންބަރު 2023 - 10:32 0

މިހާރު ކުރިއަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް ވެމްކޯ އާއި ޕޮޮލިސް ކްލަބް ވާދަކުރަން ޖެހިއްޖެ އެވެ.

ޕޮލިހާއި ވެމްކޯ ވެސް ފައިނަލުން ފުރުސަތު ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

އިއްޔެ ހަވީރު ކުޅުނު ފުރަތަމަ ސެމީ ފައިނަލް މެޗުގައި ޕޮލިހުން ނުކުތީ ވޮލީބޯލް އެެކެޑަމީ އޮފް މޯލްޑިވްސްއާ ދެކޮޅަށެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ޕޮލިހުންނެވެ. މެޗުގެ ސެޓުތައް ޕޮލިހުން ގެންދިޔައީ، 25-08، 25-13 އަދި 25-13 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ، ޕޮލިހުގެ ކެޕްޓަން، ހައްވާ ރާޝިދާ (ހައްވަ) އެވެ.

ސެމީ ފައިނަލް ދެ ވަނަ މެޗުގައި އަލްމާ ސްޕޯޓްސް ކްލަބް އަތުން ވެމްކޯ މޮޅުވީ 3-1 ސެޓުންނެވެ. ވެމްކޯ މި މެޗުން މޮޅުވީ ފަހަތުން އަަރަ އެވެ. ފުރަތަމަ ސެޓު، 25-23 އިން ގެންދިޔައީ އަލްމާ އިންނެވެ. އެކަމަކު، ދެ ވަނަ ސެޓުން ފެށިގެން ސެޓު ނިންމުމުގައި ވެމްކޯ އިން ކުރިހޯދި އެވެ. ފަހުން ކުޅުނު ތިން ސެޓު ވެސް ގެންގޮސް އެ ޓީމުން މެޗު ކާމިޔާބުކުރީ އެވެ.

ވެމްކޯ އިން މި މެޗުގެ ފަހު ސެޓުތައް ގެންދިޔައީ، 24-26، 23-25 އަދި 20-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެމްކޯގެ ޖެސިކާ ސޮއާރޭސް އެވެ.

މުބާރާތުގެ ތިން ވަނަ ހޮވާ މެޗާއި ފައިނަލް މެޗު ކުޅޭނީ ހޯމަ ދުވަހު އެވެ. ހޯމަ ދުވަހު ހަވީރު، 16:15 ތިން ވަނަ ހޮވާ މެޗުގައި ވޮލީބޯލް އެކެޑަމީ އޮފް މޯލްޑިވްސް ކުޅޭނީ އަލްމާ ސްޕޯޓްސް ކްލަބާ އެވެ. ހޯމަ ދުވަހުގެރޭ، 20:15 ގައި ފަށާ ފައިނަލުގައި ވެމްކޯ އިން ނުކުންނާނީ ޕޮލިހާ ދެކޮޅަށެވެ.

ވެމްކޯ އިން މިދިޔަ އަހަރު އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ދިފާއުކުރީ ފައިނަލުގައި ސީދާ ތިން ސެޓުން ޕޮލިސް ބަލިކޮށްގެންނެވެ. ސެޓުތައް ގެންދިޔައީ 25-20، 25-16 އަދި 25-12 އިންނެވެ.