Advertisement

ނައީޝް ހޯދަން ފީނައިގެން އަދި ވައިގެ މަގުން ބޮޑު އޮޕަރޭޝަނެއް

22 ޑިސެންބަރު 2023 - 14:36 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ގެއްލިގެން ހޯދަމުންދާ މުހައްމަދު ނާއިޝް، 18 : މިހާތަނަށް ކުރި މަސައްކަތުން އޭނާ ފެނިފައި ނުވާ ކަމަށް ފުލުހުން ބުނޭ - ފޮޓޯ: އެމްއެންޑީއެފް


ނައީޝް ހޯދަން ފީނައިގެން އަދި ވައިގެ މަގުން ބޮޑު އޮޕަރޭޝަނެއް

22 ޑިސެންބަރު 2023 - 14:36 0

އައްޑޫ ސިޓީގައި އިހި ނަގަން މޫދަށް ފައިބާ އުޅެނިކޮށް ރޭ ގެއްލުނު މުހައްމަދު ނައީޝް ހޯދަން ފީނައިގެން އަދި ވައިގެ މަގުން ބޮޑު އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

އިތުރު ދެ މީހަކާއެކު އައްޑޫ ގަމުގެ ދެކުނުން އިހި ނަގަން ފޭބި ސ. މަރަދޫ، ކުރެދުމާގޭ، މުހައްމަދު ނައީޝް، 18 ގެއްލިގެން ރިޕޯޓުކުރީ ރޭ 10:45 ހާއިރު އެވެ.

އޭރުން ފެށިގެން އެމްއެންޑީއެފް، ފުލުހުން އަދި އާންމު ގިނަ އުޅަނދުތަކުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ނަމަވެސް މިހާތަނަށް އޭނާ ފެނިފައެއް ނުވެ އެވެ.

ޑިފެންސް މިނިސްޓްރީގެ އެކްސް އެކައުންޓުން ކުރި ޕޯސްޓުތަކެއްގައި ބުނެފައިވަނީ އެމްއެންޑީއެފުން ނައީޝް ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަނަށް އައްޑޫގައި އޭވިއޭޝަން އެކަޑަމީގެ މަތިންދާ ބޯޓެއް ބޭނުންކޮށްގެން ވައިގެ މަގުން އެ ސަރަހައްދު ބަލަން ފަށާފައިވާ ކަމަށެވެ.

މިނިސްޓްރީން ކުރި އިތުރު ޕޯސްޓެއްގައި ބުނެފައިވަނީ މި އޮޕަރޭޝަންގައި އެ ސަރަހައްދު ބެލުމަށް 10:25 އިން ފެށިގެން އެމްއެންޑީއެފްގެ ޑައިވަރުންގެ ޓީމެއް ހަރާކަތްތެރިވަމުންދާ ކަމަށެވެ. އަދި އެ ދިމާލު ހޭޅިވެސް ބަލަމުންދާ ކަމަށް ބުނެފައިވެ އެވެ.