Advertisement

އައްޑޫގައި މަސްހިފަން މޫދަށް އެރުނު ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި

21 ޑިސެންބަރު 2023 - 19:48 0

އަހުމަދު އާއިދު

އ

Advertisement


އައްޑޫގައި މަސްހިފަން މޫދަށް އެރުނު ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި

21 ޑިސެންބަރު 2023 - 19:48 0

Advertisement

Advertisement

އައްޑޫ ސިޓީގައި މަސްހިފަން މޫދަށް އެރި އުޅުނު ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި ގެއްލިގެން ހޯދަމުންދަނީ ސ. މަރަދޫ، ކުރެދުމާގޭ، މުހައްމަދު ނާއިޝް، 18 އެވެ.

Advertisement

އޭނާ ގެއްލިފައިވަނީ އައްޑޫ ގަމުގެ ދެކުނު ފަރާތަށް މަސް ހިފަން އެރި އުޅެނިކޮށެވެ. ގަމަކީ ރާއްޖޭގެ އެންމެ ދެކުނުން އޮންނަ ރަށެވެ. އޭގެ ދެކުނުން ދެން އޮންނާނީ މާ ކަނޑެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މި މައްސަލަައިގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ މިރޭ 10:10 ހާއިރު އެވެ. ނަމަވެސް މި ހާދިސާއާ ގުޅޭ އިތުރު ތަފުސީލެއް އެމްއެންޑީއެފުން ދީފައެއް ނުވެ އެވެ.

މަސް ހިފަން، ފީނަން ނުވަތަ ކަނޑުމަތީގެ އެހެން ހާދިސާތަކުގައި މަދުން ނަމަވެސް ރާއްޖޭގައި މީހުން ގެއްލެ އެވެ.

Advertisement