Advertisement

ޔުނައިޓެޑުން ސަންޗޯގެ އެއްބަސްވުން އުވާލަނީ

22 ޑިސެންބަރު 2023 - 11:02 0


ޔުނައިޓެޑުން ސަންޗޯގެ އެއްބަސްވުން އުވާލަނީ

22 ޑިސެންބަރު 2023 - 11:02 0

މެންޗެސްޓާ (ޑިސެމްބަރު 22) - މެންޗެސްޓާ ޔުނައިޓެޑްގެ ވިންގް، ޖޭޑަން ސަންޗޯ އަންނަ ޓްރާންސްފާ މާކެޓުގައި ކުލަބް ދޫކޮށް ނުދާނަމަ ކުލަބުން އޭނާއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސަންޗޯ އާއި ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ދެމެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކުގައި ސުލްހަވެރި ހައްލަކަށް އައުމަށް މާފަށް އެދެން ސަންޗޯ އަށް ދިން ފުރުސަތުގެ ބޭނުން އޭނާ ހިފާފައެއް ނުވެ އެވެ.

ޓްރެއިނިން ތެރޭގައި ސަންޗޯގެ ފަރާތުން ފެންނަ އެޓިޓިއުޑާ މެދު ހިތްހަމަަނުޖެހޭތީ އޭނާ މެޗުތަކުގައި ބޭނުން ކުރެވެން ނެތް ކަމަށް ޓެން ހާގް ބުނުމާ އެކު، އެ ވާހަކަތަކަށް ސަންޗޯ ރައްދުދިނީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. އެއާ އެކު، ސަންޗޯ އަށް ޔުނައިޓެޑްގެ މެނޭޖްމަންޓުން އެޅި ޑިސިޕްލިނަރީ ފިޔަވަޅެއްގެ ގޮތުގައި ފުރަތަމަ ޓީމުގެ ޓްރެއިނިންތަކުން އެކަހެރިކޮށް، ޖޫނިއާ ޓީމުތަކާ އެކު ޓްރެއިނިން ކަންކަން ގެންދިއުމަށް އެންގި އެވެ.

އެހެންވެ، ޔުނައިޓެޑުން ވަނީ މީގެ ކުރިން އަންނަ ޓްރާންސްފާ މާކެޓުގައި ސަންޗޯ ވިއްކާލާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ.

އެކަމަކު، ރިޕޯޓުތައް ބުނާ ގޮތުން ސަންޗޯ ޔުނައިޓެޑް ދޫކޮށް ދާކަށް ބޭނުމެއް ނުވެ އެވެ. އެ ހާލަތައް ވިސްނާ ޔުނައިޓެޑުން ވަނީ އަންނަ ޓްރާންސްފާ މާކެޓުގައި ސަންޗޯ ޓީމު ދޫކޮށް ނުދާނަމަ އޭނާގެ ކޮންޓްރެކްޓް އުވާލަން ނިންމައިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޔުނައިޓެޑްގެ އެއްބަސްވުން ސަންޗޯ އުވާލާން އެއްބަސްނުވެއްޖެ ހާލަތުގައި ޔުނައިޓެޑުން އަމަލުކުރުމަށް ނިންމާފައިވަނީ މީގެ ކުރިން އާސެނަލުން ޖަރުމަނުގެ މެސެޓު އޮޒިލްއާ މެދު އަމަލުކުރި ގޮތަށެވެ. އެއީ، ޕްރިމިއާ ލީގުގެ ސްކޮޑުން ބާކީ ކުރުމެވެ.

ބޮރޫޝިއާ ޑޯޓްމަންޑަށް ކުރިން ކުޅުނު ސަންޗޯ ހޯދަން ޖަރުމަނުގެ ކްލަބްތަކާއި އިނގިރޭސި ކްލަބްތަކުން ވެސް ޝައުގުވެރިވެ އެވެ. އެކަމަކު، ޔުނައިޓެޑުން ސަންޗޯ ގަންނަން ކުރި ހޭދައާ އެއްވަރުގެ ބިޑެއް ލިބުމުގެ ފުރުސަތު ކުޑަ އެވެ.

މީގެ ދެ އަހަރު ކުރިން، ޑޯޓްމަންޑުން ސަންޗޯ ޔުނައިޓެޑަށް ވިއްކާލީ އެންމެ ފުރަތަމަ 74 މިލިއަން ޕައުންޑް (100 މިލިއަން ޑޮލަރު) ދޭ ގޮތަށެވެ. އަދި ޔުނައިޓެޑާ އެކު ސަންޗޯ ސޮއިކުރި، 2026 ވަނަ އަހަރުގެ ނިޔަލަށް އޮތް ކޮންޓްރެކްޓްގައި ހިމަނާފައިވާ މާއްދާގައިވާ ގޮތަށް، ސަންޗޯ، ޔުނައިޓެޑްގައި ދައްކާ ކުޅުމަށް ބަލާފައި ޔުނައިޓެޑުން އިތުރު 25 މިލިއަން ޑޮލަރު ދޭ ގޮތަށެވެ. އޭގެއިން ވަކި ބައެއް މިދިޔަ ސީޒަނުގައި ޔުނައިޓެޑުން ލީގު ކަޕް ކާމިޔާބު ކުރުމުން ޑޯޓްމަންޑަށް ދޭން ޖެހުނެވެ.