Advertisement

މުސާރަތައް ބޮޑު ކުރާ މައްސަލާގައި ޑިމޮކްރެޓްސް ކަންބޮޑުވެ، "ނޯ" ޖަހަން ތްރީލައިން ވިޕެއް

20 ޑިސެންބަރު 2023 - 12:18 0

އަމަން ހަލީމް

އަމަން ހަލީމް

ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގްރޫޕުގެ އަލީ އާޒިމް: ރައްޔިތުންގެ މަޖިލީހުގައި މައިނޯރިޓީ ޕާޓީއަކީ ދަ ޑިމޮކްރެޓްސް -- ފޮޓޯ/އަބްދުﷲ އިޔާން


މުސާރަތައް ބޮޑު ކުރާ މައްސަލާގައި ޑިމޮކްރެޓްސް ކަންބޮޑުވެ، "ނޯ" ޖަހަން ތްރީލައިން ވިޕެއް

20 ޑިސެންބަރު 2023 - 12:18 0

ރައީސް އާއި ނައިބު ރައީސުން ފެށިގެން މަޖިލިސް މެމްބަރުންނާއި ދައުލަތުގެ ގިނަ މުއައްސަސާތަކެއްގެ މުސާރަތައް ބޮޑުކުރަން ނިންމަން މާލިއްޔަތު ކޮމިޓީން ފާސްކުރި ރިޕޯޓާ ދެކޮޅަށް ތަޅުމުގައި ވޯޓު ދޭން ދަ ޑިމޮކްރެޓްސްއިން "ރެޑް" ތްރީ ލައިން ވިޕެއް މިއަދު ނެރެފި އެވެ.

މާލިއްޔަތު ކޮމިޓީގެ ނިންމުން ކުށްވެރިކޮށް ޑިމޮކްރެޓުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިގުތިސޯދީ ހާލަތު މިހާ ނާޒުކު ހާލަތެއްގައި އޮތް އިރު، އަދި އަންނަ އަހަރަށް ފާސްކުރި ބަޖެޓުގައި ޑެފިސިޓު ފަންޑުކުރާނެ ގޮތެއް ކަށަވަރު ނުވާއިރު މުސާރަތައް ބޮޑުކުރާތީ ކަންބޮޑުވާ ކަމަށެވެ. އަދި މި ނިންމުމާ ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގުރޫޕުން ދެކޮޅު ހަދާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"...ރާއްޖޭގެ އާއްމު ރައްޔިތުންގެ ދިރިިއުޅުުމުގެ ހާލަތާއި، އާއްމު މަސައްކަތްތެރިންނާއި ސިވިލް ސާވެންޓުންގެ މުސާރަ އާއި އުޖޫރަ، ހަރަދުގެ ނިސްބަތުން ނުހަރު ދަށުގައި ވަނިކޮށް، އަދި މިކަންކަން ހުރިނެތްގޮތް އެންމެ ރަނގަޅަށް އޮޅުންފިލައިތިބެމެ، ސަރުކާރުގެ ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ކުންފުނިތަކުގެ ވެރިންނާއި ހުރިހާ ސިޔާސީ މީހުންގެ މުސާރަތައް އިތުރަށް ބޮޑުކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފެނިލެއްވިކަމީ ނުހަނު ލަދުވެރި އަދި އެހާމެ ކަންބޮޑުވާ ކަމެއް،" ޑިމޮކްރެޓްސްގެ ބަޔާނުގައި ބުންޏެވެ.

މި ނިންމުމާ ގުޅިގެން ޑިމޮކްރެޓުންނާ ވާދަވެރި، އަދި ރައްޔިތުންގެ މަޖިލީހާއި މާލިއްޔަތު ކޮމިޓީގައި ބޮޑު އަގުލަބިއްޔަތެއް އޮތް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ނިންމުންތައް ނިންމާއިރު މިއަށްވުރެ ޒިންމާދާރުވުމަށް ބަޔާނުގައި ގޮވާލާފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި 13 މެމްބަރުން ތަމްސީލުކުރާ ޑިމޮކްރެޓުންގެ ޕާލިމެންޓަރީ ގްރޫޕުން އެކަމާ ދެކޮޅަށް ވޯޓު ދޭން ވިޕް ނެރުނީ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ދައުލަތުގެ ހަރަދުތައް ބޮޑުވަމުންދާ ދިޔުން ކޮންޓްރޯލްކޮށް، މިހާރަށް ވުރެ ކުޑަ ރައްޔިތުންގެ މަޖިލީހެއް އުފެއްދުމަށް އެ ޕާޓީން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށް ވެސް ބަޔާނުގައި ފާހަގަކުރި އެވެ.

ދަ ޑިމޮކްރެޓުންގެ އިތުރުން ސަރުކާރުން ވެސް ވަނީ މުސާރަތައް ބޮޑުކުރާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މުސާރައިން އިތުރުވާ ބައި ހަދިޔާ ކުރަން ނިންމަވާފަ އެވެ.