19 ޑިސެންބަރު 2023 - 11:31 0
މުހައްމަދު ޖަމްޝަތު ވަހީދު
އެރައިސް ޕްރޮޖެކްޓުގެ ދަށުން 19 ރަށެއްގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން ---
19 ޑިސެންބަރު 2023 - 11:31 0
ރާއްޖޭގެ 19 ރަށެއްގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމަށް ކޮންޓްރެކްޓަރުންނާއި އެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އެކްސެލެރޭޓިން ރިނިއުބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިސް) މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ މި މަސަތްކަތުގެ އެއްބަސްވުންތަކުގައި ސޮއިކުރީ މިއަދު އެވެ. ސަރުކާރުގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ.
އެންވާރްމަންޓް މިނިސްޓްރީން ބުނިގޮތުގައި އެރައިސް މަޝްރޫއަކީ ވޯލްޑް ބޭންކުގެ އިންޓަނޭޝަނަލް ޑިވޮލޮޕްމަންޓް އެސޯސިއޭޝަން (އައިޑާ) އާއި އޭޝިއަން އިންފްރާސްޓަރަކްޗާ އިންވެސްޓްމަންޓް ބޭންކު (އޭއައިއައިބީ)ގެ ލޯނާއި ހިލޭއެހީގައި ހިންގުމަށް ރާވާފައިވާ މަޝްރޫއެކެވެ.
އައިޑާ އިން އެ މަޝްރޫއަށް 6.2 މިލިއަން ޑޮލަރުގެ ހިލޭ އެހީއެެއް ދޭއިރު އޭއައިއައިބީން 20 މިލިއަން ޑޮލަރުގެ ލޯނެއް ވަނީ ހަމަޖައްސާފަ އެވެ.
އެރައިސް މަޝްރޫއުގެ މަސައްކަތްތައް 2021 ވަނަ އަހަރުން ފެށިގެން އަންނަނީ ކުރަމުންނެވެ. ފަސް އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ އެރައިސް މަޝްރޫޢިން 40 މެގޮވޮޓް އަވާގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމްކުރުމުގެ އިތުރުން 36 މެގަވޮޓްގެ ސޯލާ ހަކަތައިގެ ނިޒާމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމަށް ވެސް ވަނީ ރާވާފައެވެ.
އަދި ސޯލާ އާއި ބެޓަރީ ނިޒާމު ބަހައްޓާ ރަށްތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމަށްވެސް މަޝްރޫޢުގެ ތެރެއިން ރާވާފައިވެއެވެ. އެގޮތުން ޓްރާންސްމިޝަން އަދި ޑިސްޓްރިބިއުޝްން ކޭބަލް ހިމެނޭގޮތަށް ޖުމްލަ 100 ކިލޯމީޓަރުގެ ކޭބަލް އެޅުމަށްވަނީ ރާވައިފައެވެ.
މި މަޝްރޫއުގެ ދަށުން ކަރަންޓު ވިއުގަ އަޕްގްރޭޑްކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް މިއަދު ހަވާލުކުރި ރަށްތަކަކީ:
50.00%
0.00%
0.00%
50.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment