Advertisement

ބާ ކައުންސިލުގެ އަމިއްލަ އިސްނެގުމަށް ވަކީލުންގެ މައްސަލަ ބެލޭނެ އުސޫލު ގެޒެޓް ކޮށްފި

19 ޑިސެންބަރު 2023 - 11:18 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ގާނޫނީ ވަކީލުކަމުން ދަސްވެނިވި ދަރިވަރުންތަކުން، ަ، ބާ ކައުންސިލުގެ އަމިއްލަ އިސްނެގުމުގެ މަތިން ބެލުމުގައި އަމަލު ކުރާނެ އިޖުރާއަތު މިހާރު ވަނީ ކަނޑައަޅާފައި - ފޮޓޯ: އެމްއެންޔޫ


ބާ ކައުންސިލުގެ އަމިއްލަ އިސްނެގުމަށް ވަކީލުންގެ މައްސަލަ ބެލޭނެ އުސޫލު ގެޒެޓް ކޮށްފި

19 ޑިސެންބަރު 2023 - 11:18 0

ސުލޫކީ މިންގަނޑާ ހިލާފުވާ ވަކީލުންގެ މައްސަލަ، ބާ ކައުންސިލުގެ އަމިއްލަ އިސްނެގުމުގެ މަތިން ބެލުމުގައި އަމަލު ކުރާނެ އިޖުރާއަތު ކަނޑައަޅާ އުސޫލު ގެޒެޓު ކޮށްފި އެވެ.

"އަމިއްލަ އިސްނެގުމުގެ މަތިން ސުލޫކީ މައްސަލަ ބެލުމާ ބެހޭ އުސޫލު"ގެ ނަމުގައި މި އުސޫލު އެކުލަވާލީ ގާނޫނީ ވަކީލުންގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށާއި ގާނޫނީ ވަކީލުންގެ ފަރާތުން މަސައްކަތުގެ ދާއިރާގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފަށް ކުރާ ކަންތައްތަކަށް ފާރަވެރިވުމަށެވެ.

ގާނޫނީ ވަކީލެއްގެ ހުއްދަ، ބާ ކައުންސިލުން ހިފަހައްޓާފައި ވަނިކޮށް، ގާނޫނީ ހިދުމަތް ފޯރުކޮށްދިނުމާއި ކޯޓުތަކުގައި ތަމްސީލުކުރަމުންދާ ފަރާތްތައް ދެނެގަތުމާއި ދާއިރާގެ އިތުބާރު ގެއްލޭ ފަދަ އަމަލެއް ކޮށްފި ކަމަށް ތުހުމަތު ކުރެވޭނަމަ، އެފަދަ މައްސަލައެއް ބާ ކައުންސިލުގެ އަމިއްލަ އިސްނެގުމުގެ މަތިން ބަލައި ފިޔަވަޅު އެޅުން ވެސް ހިމެނެ އެވެ.

އަމިއްލަ އިސްނެގުމުގެ މަތިން ބާ ކައުންސިލުން މައްސަލަތައް ބެލުމުގައި, ރާއްޖޭގެ ގާނޫނީ ފަންނު، ގާނޫނީ ވަކީލުންގެ ސުލޫކީ ގަވާއިދު، ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދު، އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖެހުމާ ބެހޭ ގަވާއިދު އަދި ގާނޫނީ ވަކީލުން އަމަލުކުރުމަށް، ބާ ކައުންސިލުން އެކުލަވާލާފައިވާ ގަވާއިދަށް ރިއާޔަތް ކުރުމަށް ނިންމާފައިވެ އެވެ.

ބާ ކައުންސިލްގެ އަމިއްލަ އިސް ނެގުމަށް، މައްސަލައެއް ބެލުމާ މެދު ގޮތެއް ނިންމާނީ އެގްޒެކްޓިވް ކޮމެޓީގެ ބައްދަލުވުމަކުންނެވެ. އަދި ރިއާޔަތް ކުރުމަށް ނިންމާފައިވާ ގަވާއިދުތަކުގައި ހިމެނިފައި ނުވާ ކަމެއްގައި ގޮތެއް ނިންމަން ޖެހިއްޖެ ނަމަ، އެކަން ވެސް ކަނޑައަޅާނީ ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމެޓީއަކުން ކަމަށް ވެސް އުސޫލުގައި ވެ އެވެ.

އުސޫލު ގެޒެޓުގައި ޝާއިއުކުރުމާއެކު، މި އުސޫލަށް އަމަލު ކުރަން ފެށުމަށް ނިންމާފައިވެ އެވެ.