Advertisement

މަންމައަށް ހަމަލާ ދިން ނަފްސާނީ ބަލި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެނީ

19 ޑިސެންބަރު 2023 - 10:04 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

އައިޖީއެމްއެޗްގެ އެމްބިއުލާންސެއް. މި މައްސަލާގައި ހައްޔަރުކުރީ 25 މީހުން --- ފޮޓޯ: އަދަދު ފައިލް


މަންމައަށް ހަމަލާ ދިން ނަފްސާނީ ބަލި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެނީ

19 ޑިސެންބަރު 2023 - 10:04 0

ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ފްލެޓެއްގެ ތެރޭގައި ރޭ ތޫނު އެއްޗަކުން އަންހެނަކަށް ހަމަލާދިން މީހާއަކީ ނަފްސާނީ ބަލި މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.

މި މައްސަލައިގައި އަނިޔާވީ 51 އަހަރުގެ ދިވެހި އަންހެނަކަށެވެ. އެކަމާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާއަކީ ނަފްސާނީ ބަލި މީހަކަށް ވުމާ އެކު ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓްރީގެ ބެލުމުގެ ދަށުން އޭނާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި ކަމެއްގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ހަވީރު 6:50 ހާއިރު ކަމަށެވެ. އޭނާއަށް އަންނަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ މިކަމެއް ހިނގީ އާއިލީ މައްސަލައެއްގައި ކަމަށެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.