Advertisement

ކޭން 20 ގޯލު ހަމަކޮށް ރެކޯޑެއް ހެދިއިރު، ލެވަކޫސަން މަގާމު ދަމަހައްޓައިފި

18 ޑިސެންބަރު 2023 - 09:53 0


ކޭން 20 ގޯލު ހަމަކޮށް ރެކޯޑެއް ހެދިއިރު، ލެވަކޫސަން މަގާމު ދަމަހައްޓައިފި

18 ޑިސެންބަރު 2023 - 09:53 0

މިއުނިކް (ޑިސެމްބަރު 18) - ސްޓުޓްގާޓް އަތުން ބަޔާން މިއުނިކް 3-0 އިން މޮޅުވި، މެޗުގައި ޖެހި ދެ ގޯލާ އެކު، ހެރީ ކޭން ޖަރުމަނު ލިީގުގައި އެންމެ އަވަހަށް 20 ގޯލު ހަމަކުރި ކުޅުންތެރިޔާގެ ރެކޯޑް ހެދިއިރު، ފްރޭންކްފާޓް އަތުން 3-0 އިން މޮޅުވެ، ބަޔާ ލެވަކޫސަން އިން ޖަރުމަނު ލީގުގެ އެއް ވަނަ ދަމަހައްޓައިފި އެވެ.

ލީގުގެ އެއް ވަނައިގައި ލެވަކޫސަން އޮތީ 15 މެޗުން 39 ޕޮއިންޓާ އެކު އެވެ. ބަޔާން އަށް 14 މެޗުން ވަނީ 35 ޕޮއިންޓް ލިބިފަ އެވެ. ބަޔާނުން މެޗު ހަމަކުރާއިރު ވެސް އޮންނާނީ ލެވަކޫސަން އަށް ވުރެ ޕޮއިންޓެއް ފަހަތުގަ އެވެ.

ބަޔާން ދަނޑުގައި ރޭ ކުޅުނު މެޗުގެ ދެ ވަނަ މިނިޓްގައި ލެރޯއި ސާނޭ ދިން ބޯޅައަކުން ކޭން ވަނީ އެ ޓީމަށް ލީޑުނަަގައިދީފަ އެވެ. ތޯމަސް މުލާ އާއި ކިމް މިން ޖައެ، ޖެހި ގޯލުތަކެއް އޮފްސައިޑް ކަމަށް ނިންމާފައިވަނިކޮށް، ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން 10 މިނިޓް ތެރޭ ކޭން ވަނީ އިތުރު ގޯލެއް ޖަހައިފަ އެވެ.

މި މެޗުގައި ޖެހި މި ދެ ލަނޑާ އެކު ކޭން ވަނީ ލީގުގެ 14 މެޗުން 20 ގޯލު ހަމަކޮށް ރެކޯޑެއް ހަދައިފަ އެވެ. މީގެ ކުރިން، އެންމެ އަވަހަށް 20 ގޯލު ހަމަކުރީ ހެމްބާގްގެ އުވީ ސީލާ އެވެ. އޭނާ 20 ގޯލު ޖެހީ، 1963-1964 ވަނަ ސީޒަނުގައި 21 މެޗުންނެވެ.

ބަޔާނަށް ރޭގެ މެޗުގައި ފަހު ލަނޑު ޖަަހައިދިނީ ޑިފެންޑަރު، ކިމް އެވެ.

މި ސީޒަނުގައި މިހާތަނަށް ހުރިހާ މުބާރާތެއްގައި ކުޅުނު 24 މެޗުން ވެސް ލެވަކޫސަން ބަލިވެފައިނުވެ އެވެ. ޒަބީ އަލޮންސޯ ކޯޗުކޮށްދޭ ލެވަކޫސަނުން ރޭ ފްރޭންކްފާޓާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ލަނޑުތައް ޖެހީ ވިކްޓާ ބޮނިފޭސް، ޖެރެމީ ފްރިމްޕޮން އަދި ފްލޯރިއަން ވާޓްޒް އެވެ.