Advertisement

ނަދީމް މަރާލުމުގެ ދައުވާކުރާ މީހުން ބަންދުގެ މައްސަލަ އަލުން ބަލަން ހުކުމްކޮށްފި

7 ޑިސެންބަރު 2023 - 09:46 0

ނިމާ ހަސަން

ނިމާ ހަސަން

ނަދީމް މަރާލުމުގެ ދައުވާކޮށްފައިވާ މީހުން؛ ބަންދުގެ އަމުރު ނުދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި


ނަދީމް މަރާލުމުގެ ދައުވާކުރާ މީހުން ބަންދުގެ މައްސަލަ އަލުން ބަލަން ހުކުމްކޮށްފި

7 ޑިސެންބަރު 2023 - 09:46 0

ޓާމިނަލް ކެފޭގެ ތެރެއަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ތޫނު އެއްޗަކުން ހަމަލާދީ ހއ. ތަކަންދޫ އިބްރާހިމީހިޔާ، ނަދީމް އިބްރާހިމް (ނަޑޭ) މަރައިލި މައްސަލާގައި ތުހުމަތުވާ މީހުން ބަންދުކުރަން އަމުރު ނުދޭން ހައި ކޯޓުން ނިންމި ނިންމުން ބާތިލުކޮށް, އަލުން ގޮތް ނިންމުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

ނަދީމް މަރާލި މައްސަލާގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ދައުވާ އުފުލީ ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށެވެ. އޭގެ އިތުރުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ރ. އިންނަމާދޫ، ސަމަންތާ، ހުސައިން ޝާމިން އާއި ގއ. ގެމަނަފުށި، ހަވާސް، މުހައްމަދު ކަރަމް ސުހައިލް އަދި ލ. ގަން، ވިދާތަރި، އަލީ ނިފާޒުގެ މައްޗަށް އުފުލި އެވެ.

އެ މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ކުށް ސާބިނުވާ ކަމަށް ނޮވެމްބަރު 14, 2022 ގައި ކްރިމިނަލް ކޯޓުން ހުކުމް ކުރި އެވެ. ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން, ދައުލަތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ. އަދި, އެ އިސްތިއުނާފުގެ ޝަރީއަތް ނިމެންދެން އެ މީހުން ބަންދު ކުރުމަށް އެދުނެވެ. އެކަމަކު ހައި ކޯޓުން ނިންމީ އެ އަމުރު ނުދެވޭނެ ކަމަށެވެ.

ބަންދު އަމުރު ނުދިން މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން މިއަދު ނިންމީ, ހައި ކޯޓުގެ އަމުރު ބާތިލުކުރުމަށެވެ.

މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރީ ތުހުމަތުވާ މީހުންގެ ފުށުން މުޖުތަމައަށް ނުރައްކަލެއް އޮތްތޯ, ކޮންމެ މީހެއްގެ ހާލަތު ވަކިން ވަޒަންކޮށް, ބަންދާމެދު ހައިކޯޓުން އަލުން ގޮތް ކަނޑައެޅުމަށެވެ.

ޓާމިނަލް ކެފޭ ތެރޭގައި ނަދީމް އިންދައި، މޫނު ނިވާކޮށްގެން ވަން ބަޔަކު އޭނާގެ ބޮލަށް ވަޅިން ހަމަލާދިނީ ޖުލައި 27، 2017 ވަނަ ދުވަހުގެ އިރުއޮއްސި 6:30 ހާއިރު އެވެ. އޭނާ މަރުވީ އޭގެ ދެ ދުވަސް ފަހުން އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.

ކާކުކަން ނޭނގޭ ގޮތަށް މޫނު ނިވާކޮށްގެން ހިންގި ކުށަކަށް ވާއިރު، އެ މީހުންގެ މޫނު ފެނުނު ކަމަށް ހެކިބަސް ދިނީ ދައުލަތުން ހުށަހެޅި އެންމެ ދެ ހެކިންނެވެ. ސިއްރު ހެކިންގެ ގޮތުގައި ނެގި އެ ދެ ހެކިން ވަނީ ފަހުން އެ މީހުންގެ ހެކިބަސް އަނބުރާ ގެންދިޔުމަށް އެދި ޝަރީއަތަށް ސިޓީއެއް ފޮނުވައިފަ އެވެ.

ކްރިމިނަލް ކޯޓުގައި ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅީ އެ ކަމުގެ މައްޗަށް ބިނާކޮށްފަ އެވެ.