Advertisement

ދެކުނު ގާޒާގައި ހުރި ޑަބްލިއުއެޗްއޯގެ ގުދަންތައް 24 ގަޑީރު ތެރޭ ހުސްކުރަން އިޒްރޭލުން އަންގައިފި

5 ޑިސެންބަރު 2023 - 09:39 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ޑަބްލިއު އެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދަނޮމް : ދެކުނު ގާޒާގައި ހުރި ޑަބްލިއުއެޗްއޯގެ ގުދަންތައް 24 ގަޑީރު ތެރޭ ހުސްކުރަން އިޒްރޭލުން އަންގައިފި -


ދެކުނު ގާޒާގައި ހުރި ޑަބްލިއުއެޗްއޯގެ ގުދަންތައް 24 ގަޑީރު ތެރޭ ހުސްކުރަން އިޒްރޭލުން އަންގައިފި

5 ޑިސެންބަރު 2023 - 09:39 0

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ދެކުނު ގާޒާގައި ގާއިމްކޮށްފައި ހުރި ގުދަންތައް ހުސްކުރަން އިޒްރޭލުން އަންގާފައިވާ ކަމަށް އެ ޖަމްއިއްޔާގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދަނޮމް ވިދާޅުވެއްޖެ އެވެ.

އޭނާ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިޒްރޭލުގެ އަސްކަރިއްޔާއިން މިފަދައިން އެންގީ އިއްޔެ ކަމަށާއި އެ ގުދަންތައް ހުސްކުރަން ދިނީ 24 ގަޑީރުގެ މުހުލަތެއް ކަމަށެވެ. އަދި ހުސްނުކޮށްފި ނަމަ އެއްގަމުން ދޭ ހަމަލާތަކުގައި އެ ގުދަންތައް ބޭނުން ނުކުރެވޭ ވަރު ކުރާނެ ކަމަށް އިޒްރޭލުން އިންޒާރު ދީފައިވާ ކަމަށް ވިދާޅުވި އެވެ.

"އިޒްރޭލުގެ މި އިންޒާރު އަނބުރާ ގެންދިއުމަށް ގޮވާލަން، އަދި އާންމުންނާއި ހޮސްޕިޓަލުތަކާއި އިންސާނީ ހިދުމަތް ދޭ އިމާރާތްތަކަށް ހިމާޔަތް ކުރުމަށްވެސް އިޒްރޭލަށް ގޮވާލަން" ޓެޑްރޯސް ވިދާޅުވި އެވެ.

ވޭތުވެދިޔަ 75 އަހަރު އިޒްރޭލުން ފަލަސްތީނަ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމު ވަރުގަދަކުރީ ނިމިދޔަ އޮކްޓޯބަރު ހަތެއްގަ އެވެ. އެ ހަމަލާތައް މިދިޔަ ހަފުތާގައި މެދުކަނޑާލި ނަމަވެސް ހުކުރު ދުވަހުން ފެށިގެން އިޒްރޭލުން ދަނީ ކުރިއަށްވުރެ ނުރައްކާތެރި ހަމަލާތަކެއް ދެމުންނެވެ.

އެގޮތުން ގާޒާގެ ދެކުނާއި އުތުރަށް ބިމުގެ ވަގުން ވަދެގަނެ ވައިގެ މަގުން ދެމުންދާ ހަމަލާތައްވެސް އިޒްރޭލުން ވަނީ ވަރުގަދަކޮށްފަ އެވެ.

އޮކްޓޯބަރު ހަތަކުން ފެށިގެން މިއަދާ ހަމައަށް އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު ވަނީ 15،899 އަށް އަރާފަ އެވެ. އޭގެ ތެރޭގައި 6000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ. އަނިޔާވި މީހުންގެ އަދަދު 50،000 އާ ގާތް ކޮށްފައިވާއިރު ގާޒާގައި ދިރިއުޅޭ 2 މިލިއަނެއްހާ މީހުން މިހާރު ވަނީ ހާލުގައި ޖެހިފަ އެވެ.