Advertisement

ރައީސްގެ ގެކޮޅު، ދިމްޔާތު ކައިރި ހުންނަ އެފްއެސްއެމްގެ ޕެޓްރޯލް ޝެޑު ބަންދުކޮށްފި

3 ޑިސެންބަރު 2023 - 14:09 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ދިމްޔާތު ކައިިރި ހުންނަ އެފްއެސްއެމްގެ ޕެޓްރޯލު ޝެޑު : ރައީސްގެ އަމިއްލަ ގެކޮޅު، ދިމްޔާތު ކައިރި ހުންނަ އެފްއެސްއެމްގެ ޕެޓްރޯލް ޝެޑު ބަންދުކޮށްފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ރައީސްގެ ގެކޮޅު، ދިމްޔާތު ކައިރި ހުންނަ އެފްއެސްއެމްގެ ޕެޓްރޯލް ޝެޑު ބަންދުކޮށްފި

3 ޑިސެންބަރު 2023 - 14:09 2

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގެކޮޅު، މ. ދިމްޔާތު، ކައިރި ހުންނަ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޕެޓްރޯލް ޝެޑު އެ ކުންފުނިން ބަންދުކޮށްފި އެވެ.

އެ ޕެޓްރޯލް ޝެޑު ބަންދުކޮށްފައިވާކަން އެފްއެސްއެމްގެ މީޑިއާ އޮފިޝަލު ވަނީ "އަދަދު" އަށް ކަށަވަރުކޮށްދީފަ އެވެ. އެ އޮފިޝަލު ބުނި ގޮތުގައި އެ ޝެޑު ބަންދުކުރަން ނިންމީ ބޮޑެތި މަރާމާތުގެ މަސައްކަތަކަށެވެ.

ދިމްޔާތު އަދި އައިޖީއެމްއެޗު ކައިރި ހުންނަ މި ޝެޑުން ޕެޓްރޯލްގެ ވިއްކުމުގެ ހިދުމަތް ދިނުން ހުއްޓާލީ މިދިޔަ ބުދަ ދުވަހެވެ.

ރައީސުލްޖުމްހުރިއްޔާގެ ރަސްމީ ގެކޮޅު ކަމަށްވާ މުލީއާގެ މަރާމާތު ކުރާތީ ރައީސް މުއިއްޒު އަދިވެސް ދިރިއުޅުއްވަނީ ދިމްޔާތުގަ އެވެ.

ދިމްޔާތު ކައިިރި ހުންނަ އެފްއެސްއެމްގެ ޕެޓްރޯލް ޝެޑު ބަންދުކޮށްފައި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސްގެ ގެކޮޅާ އިންވެގެން ކަހަލަ ގޮތަކަށް ހުންނަ މި ޕެޓްރޯލް ޝެޑު ދާއިމީކޮށް ނެގުމަށް މިހާރު ވަނީ ނިންމާފަ އެވެ. ނަމަވެސް އެފްއެސްއެމުން އެކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

މީގެކުރިން އަޑު ފެތުރުނު ގޮތުން އެމަނިކުފާނު މުލިއާގެއަށް ބަދަލުވެވަޑައިގަންނަވަން ހަމަޖެހިފައި އޮތީ މި މަހުގެ 15 ގަ އެވެ. ނަމަވެސް ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު މިދިޔަ ހަފުތާގައި ވިދާޅުވީ ރައީސް މުލީއާގެއަށް ބަދަލުވާނެ ސީދާ ދުވަހެއް ނޭނގޭ ކަމަށެވެ.