Advertisement

ހުލާސާކޮށް އިއްޔެ: ރައީސް މުއިއްޒުގެ ސައުދީ ދަތުރު!

29 ނޮވެންބަރު 2023 - 06:27 0

ރައީސް މުއިއްޒު ތުރުކީ އަށް ވަޑައިގަތުމަށް މަތިންދާ ބޯޓަށް އަރައިވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް


ހުލާސާކޮށް އިއްޔެ: ރައީސް މުއިއްޒުގެ ސައުދީ ދަތުރު!

29 ނޮވެންބަރު 2023 - 06:27 0

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރަސްމީ ދަތުރުގެ ގޮތުގައި ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވާކަން އެ ގައުމާއި ރާއްޖޭގެ އެކި ނޫސްތަކުން ރިޕޯޓުކުރީ މިދިޔަ ހަފުތާގަ އެވެ. އެ ރިޕޯޓުތައް ބުނި ގޮތުން އެ ދަތުރު ތާވަލުކުރީ މި މަހުގެ 23 އަށެވެ.

މި ހަބަރުތަކާ ގުޅިގެން ނޮވެމްބަރު 22, ގައި ރައީސް އޮފީހުން މައުލޫމާތު ސާފުކުރުމަށް ގުޅާލުމުން، ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ވަޒީރު އިބްރާހިމް ހަލީލު ވިދާޅުވީ، އެ ދަތުރުގެ އަޑުތައް މީޑިއާތަކުން އިވިވަޑައިގެންނެވި ނަމަވެސް "ކޮމިއުނިކޭޝަންސް އަށް އަދި އަންގާފައި ނުވާ" ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސްގެ ސައުދީ ދަތުރުގެ ދުވަސް ކަނޑައެޅީ އަދި ފަސްކުރީ ވެސް މީޑިއާތަކުންނެވެ.

"ސައުދީ ދަތުރުފުޅެއް ކުރައްވަން ރާއްވަވަމުން ގެންދަވަނީ، ނަމަވެސް އަޅުގަނޑުމެން މި އޮފީހަކުން ރައީސުލްޖުމްހުރިއްޔާ ސައުދީއަށް ދަތުރުފުޅެއް ކުރައްވާ ކަމެއް އިއުލާނުކޮށްފައެއް ނޯންނާނެ ތާރީހަކާ އެކު، މީޑިއާއިން އެ ދަތުރު އިއުލާނުކުރީ ވެސް މީޑިއާއިން އެ ފަސްކުރީވެސް," ހަލީލު ވިދާޅުވި އެވެ.

ނަމަވެސް، މި ދަތުރުގެ މައުލޫމާތު އެނގޭ އަދި އެކަމުގައި އުޅުއްވާ އިތުބާރު ހުރި މަސްދަރަކުން "އަދަދު" އަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި ރައީސްގެ އެ ދަތުރު ފަސްކުރައްވަން ޖެހުނީ އެމަނިކުފާނު ހުވާކުރައްވާ ރަސްމިއްޔާތަށް ވަޑައިގެންނެވި ސައުދީގެ މަންދޫބު އެނބުރި ގައުމަށް ވަޑައިގެން އެރުވި ރިޕޯޓަކާ ގުޅިގެންނެވެ.

ރައީސް މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަަށް ވަޑައިގެންނެވީ އެ ގައުމުގެ މިނިސްޓާ އޮފް އިކޮނޮމީ އެންޑް ޕްލޭނިން، ފައިސަލް ބިން ފާދިލް އަލްއިބްރާހީމް އެވެ.

އޭނާގެ ދަތުރުގައި ލިބުނު މެހުމާނުދާރީއާމެދު ހިތްހަމަނުޖެހުންތަކެއް ހުރިކަމަށް މި ނޫހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ވިދާޅުވި އެވެ. އެހެންވެ ފަސްކުރި ރައީސް މުއިއްޒުގެ ދަތުރު ކެންސަލް ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް އޭނާ ގަބޫލު ކުރައްވަ އެވެ.

ރައީސް މުއިއްޒުގެ ސައުދީ ދަތުރު ފަސްކުރައްވާފައިވާއިރު، ދަތުރު ކުރައްވަން އޮތް ދުވަހުގެ ކުރީ ދުވަހު ސައުދީ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުން ވަނީ ދިވެހިރާއްޖެ އާއެކު ވިޔާފާރީގެ އެއްބަސްވުމެއްގައި ސޮއިކުރަން ފާސްކޮށްފަ އެވެ.

ސައުދީގެ ގައުމީ ނިއުސް އޭޖެންސީ، ވާސްއިން ބުނެފައިވާ ގޮތުގައި ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލުވުމުގައި ނިންމާފައި ވަނީ ރާއްޖެއާއެކު ވިޔާފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަޝްވަރާތައް ރާއްޖޭގެ އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓްރީއާއެކު ކުރިއަށް ގެންދިޔުމަށެވެ.

އޭގެ ފަހުން އެކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ދެ ގައުމުގެ ސަރުކާރުން ވެސް ހާމަކޮށްފައި ނުވެ އެވެ.

މުހިއްމު ބައެއް ހަބަރު