Advertisement

ރައީސް މުއިއްޒުގެ ސައުދީ ދަތުރު ސުވާލުތަކަކާއެކު މުއްދަތެއް ނެތި ލަސްވެފައި!

28 ނޮވެންބަރު 2023 - 13:01 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ހާއްސަ ވަފުދު : ރައީސް މުއިއްޒުގެ ސައުދީ ދަތުރު ސުވާލުތަކަކާއެކު މުއްދަތެއް ނެތި ލަސްވެފަ - ފޮޓޯ: ރައީސް އޮފީސް


ރައީސް މުއިއްޒުގެ ސައުދީ ދަތުރު ސުވާލުތަކަކާއެކު މުއްދަތެއް ނެތި ލަސްވެފައި!

28 ނޮވެންބަރު 2023 - 13:01 1

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރަސްމީ ދަތުރުފުޅެއްގެ ގޮތުގައި ސައުދީ އަރަބިއްޔާއަށް ދަތުރުފުޅެއް ކުރައްވަން ނިންމަވާފައިވާކަން އެ ގައުމާއި ރާއްޖޭގެ އެކި ނޫސްތަކުން ރިޕޯޓުކުރީ މިދިޔަ ހަފުތާގަ އެވެ. އެ ރިޕޯޓުތައް ބުނި ގޮތުން އެ ދަތުރު ތާވަލުކުރީ މި މަހުގެ 23 އަށެވެ.

މި ހަބަރުތަކާ ގުޅިގެން ނޮވެމްބަރު 22, ގައި ރައީސް އޮފީހުން މައުލޫމާތު ސާފުކުރުމަށް ގުޅާލުމުން، ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ވަޒީރު އިބްރާހިމް ހަލީލު ވިދާޅުވީ، އެ ދަތުރުގެ އަޑުތައް މީޑިއާތަކުން އިވިވަޑައިގެންނެވި ނަމަވެސް "ކޮމިއުނިކޭޝަންސް އަށް އަދި އަންގާފައި ނުވާ" ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސްގެ ސައުދީ ދަތުރުފުޅުގެ ދުވަސް ކަނޑައެޅީ އަދި ފަސްކުރީ ވެސް މީޑިއާތަކުންނެވެ.

"ސައުދީ ދަތުރުފުޅެއް ކުރައްވަން ރާއްވަވަމުން ގެންދަވަނީ، ނަމަވެސް އަޅުގަނޑުމެން މި އޮފީހަކުން ރައީސުލްޖުމްހުރިއްޔާ ސައުދީއަށް ދަތުރުފުޅެއް ކުރައްވާ ކެމެއް އިއުލާނުކޮށްފައެއް ނޯންނާނެ ތާރީހަކާ އެކު، މީޑިއާއިން އެ ދަތުރު އިއުލާނުކުރީ ވެސް މީޑިއާއިން އެ ފަސްކުރީވެސް," ހަލީލު ވިދާޅުވި އެވެ.

ނަމަވެސް، މި ދަތުރުގެ މައުލޫމާތު އިނގޭ އެކަމުގައި އުޅުއްވާ އިތުބާރު ހުރި މަސްދަރަކުން "އަދަދު" އަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި ރައީސްގެ މި ދަތުރު ފަސްކުރައްވަން ޖެހުނީ އެމަނިކުފާނު ހުވާކުރައްވާ ރަސްމިއްޔާތަށް ވަޑައިގެންނެވި ސައުދީގެ މަންދޫބު އެނބުރި ވަޑައިގެން އެ ގައުމުގެ ސަރުކާރަށް އެރުވި ރިޕޯޓަކާ ގުޅިގެންނެވެ.

ރައީސް މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަަށް ވަޑައިގެންނެވީ އެ ގައުމުގެ މިނިސްޓާ އޮފް އިކޮނޮމީ އެންޑް ޕްލޭނިން، ފައިސަލް ބިން ފާދިލް އަލްއިބްރާހީމް އެވެ.

އެމަނިކުފާނު އެ ދަތުރުފުޅާ ގުޅޭގޮތުން އެ ގައުމުގެ ސަރުކާރަށް އެރުވި ރިޕޯޓުގައި، ރައީސް މުއިއްޒުގެ ސަރުކާރުން އެމަނިކުފާނާ ދޭތެރޭ ކަންކުރި ގޮތާއި އަދާކުރި މެހެމާނުދާރީއާ މެދު ނުރުހުން ފާޅު ކުރައްވާފައިވާ ކަމަށާއި އެކަމާ ގުޅިގެން ފަސްކުރި ދަތުރު ކެންސަލް ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް މައުލޫމާތު ދިން ފަރާތުން ބުނެ އެވެ.

ރައީސް މުއިއްޒުގެ ސައުދީ ދަތުރު ފަސްކުރައްވާފައިވާއިރު، ދަތުރު ކުރައްވަން އޮތް ދުވަހުގެ ކުރީ ދުވަހު ސައުދީ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުން ވަނީ ދިވެހިރާއްޖެ އާއެކު ވިޔާފާރީގެ އެއްބަސްވުމެއްގައި ސޮއިކުރަން ފާސްކޮށްފަ އެވެ.

ސައުދީގެ ގައުމީ ނިއުސް އޭޖެންސީ، ވާސްއިން ބުނެފައިވާ ގޮތުގައި ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލުވުމުގައި ނިންމާފައި ވަނީ ރާއްޖެއާއެކު ވިޔާފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަޝްވަރާތައް ރާއްޖޭގެ އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓްރީއާއެކު ކުރިއަށް ގެންދިޔުމަށެވެ.

އޭގެ ފަހުން އެކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ދެ ގައުމުގެ ސަރުކާރުން ވެސް ހާމަކޮށްފައި ނުވެ އެވެ.