Advertisement

ވީއައިއޭއަށް އޮޓޯ ބެގޭޖް ސްކްރީނިން ސިސްޓަމެއް

23 ނޮވެންބަރު 2023 - 19:37 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ވީއައިއޭގައި ގާއިމުކުރަން ފަށާފައިވާ އާ ބެގޭޖް ހޭންޑްލިން އަދި ސްކްރީނިން ސިސްޓަމް --- ފޮޓޯ: އެމްއޭސީއެލް


ވީއައިއޭއަށް އޮޓޯ ބެގޭޖް ސްކްރީނިން ސިސްޓަމެއް

23 ނޮވެންބަރު 2023 - 19:37 0

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އާ ބެގޭޖް ހޭންޑްލިން އަދި ސްކްރީނިން ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު "އަދަދު" އަށް ވިދާޅުވީ މި އާ ބެގޭޖް ހޭންޑްލިން ސިސްޓަމަކީ ވީއައިއޭގެ އޮޕަރޭޝަންތައް ތަރައްގީކޮށް ދަތުރުވެރިންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރަން އެކުންފުނިން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ.

އާ ސިސްޓަމާއެކު އިންޓަނޭޝަނަލް ޑިޕާޗާ ގޭޓުކުރިމަތީގައި ގިނައިރުވަންދެން ކިއު ހަދައިގެން ތިބުން ނިމުމަކަށް ގެނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވީއައިއޭގައި އެމްއޭސީއެލް އިން ގާއިމުކުރާ އިންލައިން ބެގޭޖް ހޭންޑްލިން އަދި ސްކްރީނިން ސިސްޓަމަކީ ދުނިޔޭގެ ބޮޑެތި އެއާޕޯޓުތަކުގައި ވެސް ބޭނުންކުރާ ސިސްޓަމެކެވެ. މި ސިސްޓަމްގެ ސަބަބުން މެނުއަލްކޮށް ބެގޭޖް ހޭންޑްލްކޮށް ސްކްރީން ކުރަންޖެހޭ މިންވަރު ވަރަށް ބޮޑަށް ދަށްކޮށްލެވޭނެ އެެވެ.

ވީއައިއޭގައި ގާއިމުކުރަން ފަށާފައިވާ އާ ބެގޭޖް ހޭންޑްލިން އަދި ސްކްރީނިން ސިސްޓަމް --- ފޮޓޯ: އެމްއޭސީއެލް


އެގޮތުން މި ސިސްޓަމުން ޓިކެޓް ކައުންޓަރުގައި ނުވަތަ ސެލްފް ސާވިސް ކިއޮސްކުގައި ބެގޭޖް ޗެކްއިންކޮށްލުމުން އޮޓޮމެޓިކުން ބެގޭޖް ސްކްރީނިން އޭރިއާއަށް ގެންދެ އެވެ. އަދި ސްކްރީނިން ޕްރޮސެސްގައި އެކްސްރޭ ސްކޭނަރާއި އެހެނިހެން ޑިޓެކްޝަން ޓެކްނޮލޮޖީތައް ވެސް މި ސިސްޓަމުން ބޭނުންކުރާނެ އެވެ.

ހަސަން ވިދާޅުވި ގޮތުގައި ސިސްޓަމް އެއްކޮށް އިންސްޓޯލްކޮށް ބޭނުންކުރަން ފެށޭނީ އަންނަ މަހެވެ.