Advertisement

ރާއްޖެއާއެކު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރަން ސައުދީގެ ވަޒީރުންގެ މަޖިލީހުން ނިންމައިފި

22 ނޮވެންބަރު 2023 - 07:10 0

ސައުދީ އަރަބިއްޔާގެ ކެބިނެޓު ބައްދަލުވުމެއްގައި ރަސްގެފާނާއި ވަލީ އަހުދު އަދި އެހެން ވަޒީރުން.


ރާއްޖެއާއެކު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރަން ސައުދީގެ ވަޒީރުންގެ މަޖިލީހުން ނިންމައިފި

22 ނޮވެންބަރު 2023 - 07:10 0

ދިވެހިރާއްޖެއާއެކު ވިޔާފާރީގެ އެއްބަސްވުމެއްގައި ސޮއިކުރަން ސައުދީ އަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުން އިއްޔެ ފާސްކޮށްފި އެވެ.

ސައުދީގެ ގައުމީ ނިއުސް އޭޖެންސީ، ވާސްއިން ބުނެފައިވާ ގޮތުގައި ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލުވުމުގައި ނިންމާފައި ވަނީ ރާއްޖެއާއެކު ވިޔާފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަޝްވަރާތައް ރާއްޖޭގެ އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓްރީއާއެކު ކުރިއަށް ގެންދިޔުމަށެވެ. އެ މަޝްވަރާތަކުގައި ސައުދީގެ ފަރާތުން އިސްވެ ހުންނަވާނީ އިކޮނޮމިކް މިނިސްޓަރު އަދި ފޮރިން އިންވެސްޓްމެންޓު އޮތޯރިޓީގެ ޗެއާމަން އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވައި ކުރައްވައި ރިޔާސީ ދައުރު ފެއްޓުމުގެ ރަސްމިއްޔާތުގައި ސައުދީ އަރަބިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ އިކޮނޮމިކް އެންޑު ޕްލޭނިން މިނިސްޓަރު ފައިސަލް ބިން ފާދިލް އަލް އިބްރާހިމް އެވެ،

މި މަހުގެ 18 ވަނަ ދުވަހު ރައީސް ޑރ. މުއިއްޒު އާއި ފައިސަލް ބިން ފާދިލް ބޭއްވި ބައްދަލުވުމުގައި ވިޔަފާރި އާއި އިގުތިސާދުގެ ދާއިރާ އަދި އެނޫންވެސް ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރަން މަޝްވަރާ ކުރެއްވި އެވެ.