Advertisement

30 ޓީމާ އެކު ގައުމީ ހޭންޑްބޯޅަ މުބާރާތް މި މަހުގެ 25 ގައި ފަށަނީ

20 ނޮވެންބަރު 2023 - 12:55 0

މިދިޔަ އަހަރުގެ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފިއުޗާ ސްޕޯޓްސް އެކެޑަމީ


30 ޓީމާ އެކު ގައުމީ ހޭންޑްބޯޅަ މުބާރާތް މި މަހުގެ 25 ގައި ފަށަނީ

20 ނޮވެންބަރު 2023 - 12:55 0

ޖުމްލަ އެކު، 30 ވާދަކުރާ 10 ވަނަ ގައުމީ ހޭންޑްބޯޅަ މުބާރާތް މި މަހުގެ 25 ގައި ފަށަން ތައްޔާރުވެއްޖެ އެވެ.

ދިހަ ވަނަ ގައުމީ ހޭންޑްބޯޅަ މުބާރާތުގައި މި އަހަރު ވެސް ދެ ޑިވިޝަނެއް ކުރިއަށްދާނެ އެވެ. ދެ ޑިވިޝަންގައި ޖުމްލަ 60 މެޗު މިއަހަރު ކުޅޭނެ އެވެ. މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ އަންހެން ބަޔާއި، ފިރިހެން ބައިގައިވެސް ވަނީ ތިން ޓީމެވެ.

ފިރިހެން ބައިގައި ވާދަކުރާ ޓީމްތަކަކީ މިދިޔަ އަހަރުގެ ޗެމްޕިއަން ފިއުޗާ ސްޕޯޓްސް ކުލަބު އެކަޑެމީ، ވެލިދޫ ޔުނައިޓެޑް އާއި ކުލަބު ޒެފްރޯލް އެވެ. އަންހެން ބައިގައި ވާދަކުރަނީ އެންމެ ފަހުގެ ޗެމްޕިއަން އޮރިކްސް ހޭންޑްބޯޅަ ކުލަބާއި، ކީންސް ސްޕޯޓްސް ކުލަބުގެ އިތުރުން ރެޑް ހޯކްސް ސްޕޯޓްސް ކުލަބެވެ.

ފުރަތަމަ ޑިވިޝަންގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ލީގު އުސޫލުން ކުޅުމަށްފަހު ފައިނަލުން ފުރުސަތު ލިބޭނީ ގަދަ ދެ ޓީމަށެވެ.

ވަނަ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ ގުރުއަތުލުމުގެ ތެރެއިން


އެންމެ ގިނަ ޓީމް މިއަހަރުވެސް ވާދަކުރަނީ ދެވަނަ ޑިވިޝަންގެ އަންހެން ބައިގަ އެވެ. މިބައިގައި 16 ޓީމެއް މިއަހަރު ވާދަކުރެ އެވެ. 16 ޓީމް ވަނީ ހަ ގްރޫޕްކަށް ބަހާލާފަ އެވެ. ކޮންމެ ގްރޫޕެއްގެ ގަދަ ދެ ޓީމް ކޮލިފައިވާނީ ކުއާޓާ ފައިނަލަށެވެ.

ދެ ވަނަ ޑިވިޝަންގެ ފިރިހެން ބައިގައި މިއަހަރު އަށް ޓީމެއް ވާދަކުރެ އެވެ. އަށް ޓީމް ބަހާލާފައިވަނީ ދެ ގްރޫޕަކަށެވެ. ދެ ގްރޫޕްގެ ގަދަ ދެ ޓީމް ކޮލިފައިވާނީ ސެމީ ފައިނަލަށެވެ.

މިދިޔަ އަހަރުގެ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ފިއުޗާ ސްޕޯޓްސް އެކެޑަމީއިން ހޯދީ ފައިނަލުގައި ފުލިދޫ ޔޫތު ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ. އަންހެން ބައިގެ ޗެމްޕިއަންކަން އޮރިކްސް ހޯދީ ފައިނަލުގައި ކީން ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ.