Advertisement

މާލީ ގަވާއިދާ ހިލާފުވެގެން އެވަަޓަންގެ 10 ޕޮއިންޓް އުނިކޮށްފި

18 ނޮވެންބަރު 2023 - 09:40 0


މާލީ ގަވާއިދާ ހިލާފުވެގެން އެވަަޓަންގެ 10 ޕޮއިންޓް އުނިކޮށްފި

18 ނޮވެންބަރު 2023 - 09:40 0

ލަންޑަން (ނޮވެމްބަރު 18) - ފުޓްބޯޅަ ކްލަބްތައް ހަރަދުކުރުމަށް ހަދާފައިވާ މާލީ ގަވާއިދު، ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)އާ ހިލާފުވެފައިވާތީ އެވަޓަންގެ 10 ޕޮއިންޓް އުނިކޮށްފި އެވެ.

އެފްއެފްޕީ ގަވާއިދުގައިވާ ގޮތުން ތިން އަހަރު ތެރޭ ޕްރިމިއާ ލީގުގެ ކޮންމެ ކްލަބަކަށް ވެސް ގެއްލުމުގެ ގޮތުގައި، 105 މިލިއަން ޕައުންޑް (130 މިލިއަން ޑޮލަރު) ހިމެނޭނެ އެވެ.

އެވަޓަން އިން މާލީ އުސޫލާ ހިލާފުވެފައިވާ ކަމަށް މިދިޔަ މާޗް މަހު، ރިޕޯޓްކުރުމާ ގުޅިގެން، އެ މައްސަލަ ބަލަން އެކުލަވާލި މިނިވަން ކޮމިޝަނުން ބެލި ބެލުމުން އެނގިފައިވަނީ އެވަޓަންގެ ގެއްލުން 124 މިިލިއަން ޕައުންޑް (154 މިލިއަން ޑޮލަރު) އަށް އަރާ ކަމަށެވެ. އެހެންވެ، ލީގުން ނިންމީ އެވަޓަންގެ 10 ޕޮއިންޓް އުނިކުރުމަށެވެ.

މިއީ، މިހާތަނަށް މި ފަދަ މައްސަލައެއްގައި ޕްރިމިއާ ލީގުގެ ޓީމަކަށް އެޅި އެންމެ ބޮޑު ފިޔަވަޅެވެ. އެވަޓަންގެ 10 ޕޮއިންޓް އުނިކުރުމާ ގުޅިގެން، އެ ޓީމު ވަނީ ލީގުގެ 19 ވަނަ އަށް ވެއްޓިފަ އެވެ. އެވަޓަން އިން ވަނީ މި މައްސަލަ އެޕީލް ކުރާނެ ކަމަށް ބުނެފަ އެވެ.

ޕްރިމިއާ ލީގުން އެވަޓަންގެ މައްސަލަ ބަލަން އެކުލަވާލި ކޮމިޝަނުން އެކަންކަން ކުރިއަށްގެންދަނިކޮށް، އެވަޓަންްގެ ވެރިން ވަނީ ބަދަލުވެފަ އެވެ. އެ ގޮތުން، މިދިޔަ ސެޕްޓެމްބަރު މަހު، އިރާންގެ ވިޔަފާރިވެރިޔާ، ފަރުހާދު މޮޝިރީ ވަނީ އެވަޓަންގެ 94 ޕަސެންޓް ހިއްސާ އެމެރިކާގެ ކުންފުނި، 777 އަށް ވިއްކާލައިފަ އެވެ.