Advertisement

ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން މިހިނދުން މިހިނދަށް މި ނިމުނީ: ރައީސް

17 ނޮވެންބަރު 2023 - 18:39 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ހުވާ ކުރެއްވުމަށް ފަހު އުއްތަމަ ފަނޑިޔާރާއި ރައީސް މުއިއްޒު ސަލާމް ކުރައްވަނީ. ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާނެ ކަމަށް ވިދާޅުވި --- ފޮޓޯ: އަބްދުالله އިޔާން/އަދަދު


ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން މިހިނދުން މިހިނދަށް މި ނިމުނީ: ރައީސް

17 ނޮވެންބަރު 2023 - 18:39 0

ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން މިހިނދުން މިހިނދަށް ނިމިއްޖެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ކަމުގެ މަގާމު ހުވާ ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް މުއިއްޒު ވަނީ ބާރުތަކުގެ މިނިވަންކަން ކަށަވަރު ކުރުމަށް އިސްކަން ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ އަދުލު އިންސާފުގެ ނިޒާމުގެ ތެރެއަށް ސަރުކާރުގެ ކުޑަވެސް ނުފޫޒެއް ވަންނާނެ ޖާގައެއް ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް, އޭގެ މާނައަކީ ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތަށް ހިޔާނާތްތެރިވުން ފަދަ ކުށްތައް ކުރާ ފަރާތްތަކާއި މެދު ސަރުކާރުން ލޯ މަރާލުން ނޫންކަމަށް ވިދާޅުވި އެވެ.

ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން މިހިނދުން މިނދަށް ނިންމުން، އެކަން މި ނިންމީ

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައިވެސް ރައީސް މުއިއްޒު ވަނީ ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ކުރުން މުހިންމު ކަންކަމަށް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހު ކުރުން މުހިންމު ކަމުގައި ވިދާޅުވެފައިވެ އެވެ.

އޭރު ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ޖޭއެސްސީގައި ސިޔާސީ އެއްވެސް ބޭފުޅަކު ހުރެގެން ނުވާނެ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ދައުލަތުގެ އެހެން މަގާމެއްގައި ހުންނެވި ބޭފުޅަކަށް ވެސް ޖޭއެސްސީން ޖާގަ ދެވިގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޝަރުއީ ދާއިރާ ސިޔާސީވެފައިވާ ކަމުގެ ޝަކުވާ އަކީ އަބަދުވެސް އާންމުންގެ މެދުގައި އޮންނަ ކަންބޮޑުވުމެކެވެ. ނިމިގެންދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ޝަރުއީ ދާއިރާ އިސްލާހު ކުރުމަކީ އެމަނިކުފާނުގެ ވެސް ރިޔާސީ ވައުދުފުޅެކެވެ.