Advertisement

ގެދޮރުވެރިޔާ ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި

16 ނޮވެންބަރު 2023 - 11:08 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ހުޅުމާލޭގައި އެފްޑީސީން އަޅަމުންދާ ފްލެޓުތައް. އެންމެ ފުރަތަމަ ދޫކުރާނީ 4,000 ފްލެޓު ކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައި. --- ފޮޓޯ: އަބްދުالله އިޔާން/އަދަދު


ގެދޮރުވެރިޔާ ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި

16 ނޮވެންބަރު 2023 - 11:08 0

މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ 4000 ފްލެޓު ލިބޭ ފަރާތްތަކާއެކު ފްލެޓުގެ އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ސަރުކާރުން އިމާރާތްކުރަމުންދާ ފްލެޓުތަކަށް ލިބޭ މީހުންނާއެކު ހައުސިން މިނިސްޓްރީން އެގްރިމެންޓުތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުން ދަނީ އޮންލައިންކޮށް، އެގްރިމެންޓުތައް ފޮނުވައިގެންނެވެ.

ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު މިނިސްޓްރީން ގެޒެޓު ކުރީ އިއްޔެ އެވެ. އެއާއެކު ފްލެޓުތަކުގެ ގުރުނެގުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. ގުރު ނެގީ މިނިސްޓްރީގެ އޮފިޝަލުންނެވެ.

އެ މަސައްކަތް ކުރިއަށް ދަނިކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވަނީ ފްލެޓު ދިނުމާ ގުޅޭ ހުރިހާ ކަމެއް ހުއްޓާލުމަށް އަންގާފައެވެ. އެކަން އޭސީސީގެ އޮފިޝަލަކު ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

ނަމަވެސް, ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް މިނިސްޓްރީން ދަނީ ކުރަމުންނެވެ. މިކަމާ ގުޅިގެން އޭސީސީގެ ރަސްމީ ބަހެއް މިހާތަނަށް ނުލިބެ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ސަރުކާރުން އަންނަނީ 18 ބުރީގެ 32 ޓަވަރު އިމާރާތް ކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 ޔުނިޓާއި ތިން ކޮޓަރީގެ 2،800 ޔުނިޓެވެ.

މި ފްލެޓުތަކުގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓަކަށް ދައްކަން ޖެހެނީ ކުލީގެ ގޮތުގައި 7000ރ. އާއި މަރާމާތު ފީއަށް 1000ރ. ހިމެނޭހެން 8000ރ. އެވެ. އަދި ދެ ކޮޓަރީގެ ފްލެޓަކަށް ދައްކަން ޖެހެނީ ކުލީގެ ގޮތުގައި 5000ރ. އާއި މަރާމާތު ފީ 1000ރ. ހިމަނައިގެން 6000ރ. އެވެ.

ކުލި ދައްކަން ފަށަން ޖެހެނީ ފްލެޓު ހަވާލުކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަހަށް ފަހު އެވެ. އަދި ކުލި ދައްކަން ޖެހެނީ 300 މަހަށެވެ.