Advertisement

ވާގޮތް: ބައެއް މީހުން ވާތްތެރިންނަށް ވަނީ ކީއްވެ؟

12 ނޮވެންބަރު 2023 - 13:02 3

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު


ވާގޮތް: ބައެއް މީހުން ވާތްތެރިންނަށް ވަނީ ކީއްވެ؟

12 ނޮވެންބަރު 2023 - 13:02 3

ޝައްކެއްވެސް ނެތެވެ. ދުނިޔޭގެ ގިނަ މީހުންގެ މައި ނުވަތަ "ޕްރައިމަރީ" އަތަކީ ކަނާތެވެ. މިފަދަ ކަނާތްތެރިން އާންމުކޮށް ކުރަންޖެހޭ ކަންކަމުގައި އިސްކަންދެނީ މިއަތަށެވެ. އެއްޗެތީގަ ހިފުމާ އުފުލުމަށެވެ. ކުރެހުމާއި ލިޔުމާ އެނޫންވެސް އެތައް ކަމަކަށެވެ. ނަމަވެސް އާބާދީގެ މަދު ބައެއް، ސާފުކޮށް ބުނާނަމަ ގާތްގަނޑަކަށް 10 އިންސައްތަ މީހުންނަކީ ވައަތްތެރީންނެވެ. މި ތަފާތުގެ ސަބަބަކީ ކޮބާހެއްޔެވެ؟ އެކި މީހުން އެކި ކަންކަން ކުރުމަށް އެކި އަތަށް އިސްކަންދިނުމަކީ ވިސްނާ ފިކުރު ކުރާ ކޮންމެ މީހަކަށް ވެސް ޝައުގުވެރިކަން ލިއްބައިދޭނެ ކަމެކެވެ.

ޖެނެޓިކްސް އަދި ގުދުރަތުގެ ނުފޫޒު

ވާތު އަތް އިސްކުރާ ސަބަބު ދެނެގަތުމަށް ކުރާ ދަތުރުގައި އެއް މަގަކީ ޖެނެޓިކްސް އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މީހެއްގެ މަންމަ އާއި ބައްޕައަކީ ވެސް ވާތްތެރިންނަމަ އެމީހުންގެ ދަރިއަކީ ވެސް ވާތްތެރިއަކަށް ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ނަމަވެސް މިފަދަ ވާރުތަވެރިކަމުގެ އުސޫލަކީ ސީދާ ނުވަތަ ޔަގީން ކަށަވަރު ގޮތެއްގައި އޮތް އުސޫލެއް ނޫނެވެ. އެންމެ ޖީން އަކުން ވާރުތަވާ ކަންކަމާ ހިލާފަށް، އިސްކަންދޭ އަތް ކަނޑައެޅުމުގައި އެކި ކަހަލަ ޖެނެޓިކް ފެކްޓާސް ހިމެނެ އެވެ. އެހެން ކަމުން މިއީ ދިރާސާވެރިންނަށް ކޮންމެސް ވަރަކަށް އުނދަގޫ އަރަތެކެވެ.

ފަހުގެ ޖެނެޓިކް ދިރާސާތަކުން ދައްކާ ގޮތުގައި އިސްކަންދޭ އަތާ ގުޅިފައިވާ ޖީނޯމްގެ ވަކި ސަރަހައްދުތަކެއްވެ އެވެ. މިކަމުގެ ސަބަބުން ވާތްތެރިވުމަށް އެހީތެރިވެދޭ ޖެނެޓިކް މެކޭނިޒަމްތަކުގެ ތަފުސީލު ލިބިގެންދެ އެވެ. އަދި އެކެއްގެ ބަދަލުގައި އެކި ގިނަ ޖީންތަކެއް މުއާމަލާތްކޮށްގެން އިސްކަންދޭ އަތް ކަނޑައަޅާކަން ހާމަވެގެންދެ އެވެ.

ނިއުރޯސައިންސްގެ ދައުރު

ސިކުނޑިއަކީ އަހަރެމެންގެ ކޮގްނިޓިވް ފަންކްޝަންތަކުގެ މަރުކަޒަކަށް ވުމާއެކު، އިސްކަންދޭ އަތް ކަނޑައެޅުމުގައި ވެސް ސިކުނޑިން ވަރަށް މުހިންމު ދައުރެއް އަދާކުރެ އެވެ. ދިރާސާތަކުން ތަކުރާރުކޮށް ދައްކާފައިވާ ގޮތުގައި ސިކުނޑިއަކީ "ސިމެޓްރިކަލް" ނުވަތަ ދެ ފަރާތް އެއްގޮތް ގުނަވަނެއް ނޫނެވެ. ކަނާތު ހެމިސްފިއާ އާއި ވާތު ހެމިސްފިއާގެ އޮނިގަނޑާއި ޒިންމާގެ ތަފާތުތަކުގެ ސަބަބުން ވެސް އިސްކަންދޭ އަތަށް ބަދަލު އައިސްދާނެ އެވެ.

ކަނާތްތެރިންގެ ބަހުގެ މަރުހަލާތަކަށް ނުވަތަ "ލެންގުއޭޖް ޕްރޮސެސް" ކުރުމަށް އާންމުކޮށް ބޭނުންކުރަނީ ސިކުނޑީގެ ވާތު ހެމިސްފިއާ އެވެ. ނަމަވެސް ވާތްތެރިންނަށް މި އުސޫލަކީ އެހާ ސާފުކޮށް ކަނޑައެޅިފައިވާ އުސޫލެއް ނޫނެވެ. ބައެއް ވާތްތެރިންނަށް އޮތީ ކަނާތު ހެމިސްފިއާ އެވެ. އަދި އަނެއް ބައި މީހުންނަށް އޮތީ ވާތު ހެމިސްފިއާ އެވެ.

ބްރެއިން އިމޭޖިން ދިރާސާތަކުން ދައްކާ ގޮތުގައި، ވާތްތެރިންގެ ސިކުނޑީގައި މޮޓޯ ކޮންޓްރޯލް އާއި ކޯޑިނޭޝަންއާ ގުޅުންހުރި ދާއިރާތަކުގައި ސިކުނޑީގައި ތަފާތުތަކެއް ހުރެއެވެ. މިފަދަ އޮނިގަނޑުގެ ތަފާތުތަކުގެ ސަބަބުން ވެސް ވާތްތެރިއަކަށް ވުމުގެ ފުރުސަތު އެބައޮތެވެ.

މާހައުލާއި ހެދިބޮޑުވުން

ޖެނެޓިކްސް އާއި ސިކުނޑީގެ އޮނިގަނޑު މުހިންމު ދައުރެއް އަދާކުރާއިރު، މާހައުލުގެ ސަބަބުން ވެސް އިސްކަންދޭ އަތަށް އަސަރުކުރެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ވިހެއުމުގެ ކުރިން ނުވަތަ މާބަނޑު ދުވަސްވަރު ކުރިމަތިވާ ސްޓްރެސް ފަދަ ކަންކަމަކީ ވެސް ދަރިފުޅު އިސްކަންދޭ އަތުގެ ތަރައްގީއަށް އަސަރުކުރާނެ ކަންކަމެވެ. މީގެ އިތުރުން ސަގާފީ އަދި މުޖުތަމައުގެ ނުފޫޒުތަކުގެ ސަބަބުން ވެސް އެމީހެއް އިސްކުރާ އަތް ބަދަލުކޮށްފާނެ އެވެ.

އިވޮލިއުޝަން

މައިނޯރިޓީގެ ސިފައަކަށް ވިޔަސް ވާތްތެރިންގެ އާބާދީ ބޮޑުވުމަކީ، އޭގެ އިވޮލިއުޝަނަރީގެ މުހިންމުކަމާ މެދު ސުވާލު އުފެދޭ ކަމެކެވެ. ބައެއް ދިރާސާވެރިން ހުށަހަޅާ ގޮތުގައި އާބާދީގައި ވާތްތެރިން ދެމިތިބުމަކީ ވަކި ހާލަތްތަކެއްގައި އެކަމުން ލިބޭ ފައިދާތަކުގެ ސަބަބުން ކަމަށް ވެދާނެ އެވެ. މިސާލަކަށް އަތުން ކުރާ ހަނގުރާމައިގައި ވާތްތެރިއަކަށް ތަފާތު ފައިދާއެއް ލިބިދާނެ އެވެ.

އިސްކަންދޭ އަތުގެ ތަފާތުކަން ދައްކުވައިދެނީ އާބާދީއެއްގެ ތެރޭގައި ތަފާތު ހުނަރުތަކެއް ކަށަވަރުކޮށްދޭ އިވޮލިއުޝަނަރީ އުކުޅެކެވެ. އެކި ހާލަތްތަކަށް ކަންކަން ބަދަލުކުރުމަށް ނުވަތަ "އެޑެޕްޓް" ވުމަށް މުހިންމު ދުނިޔެއްގައި، ކަނާތްތެރިންނާއި ވާތްތެރިން ތިބުމަކީ އެކި މައްސަލަތަކަށް ބޭނުންވާ ތަފާތު ހައްލުތައް ހޯދުމަށް މުހިންމު ކަމެކެވެ.

ނިންމުން

ވަކި އަތަކަށް އިސްކަންދޭ އާދަޔާހިލާފު ސަބަބު ދިރާސާކުރަމުންދާ އިރު އެއް ކަމެއް ސާފުވެގެންދެ އެވެ. އެއީ މިކަން ކަނޑައަޅާ ހާއްސަ ވަކި އެއް ކަމެއް ނެތް ކަމެވެ. ނަމަވެސް މިއީ ގުދުރަތުގެ އެކި ތަފާތު ކަންކަން މަސްހުނިވެގެން އަންނަ ނަތީޖާއެކެވެ. ވާތްތެރިކަމުގެ ސަބަބަކީ ހަމައެކަނި އިންސާނީ ތަފާތުކަމާ ބެހޭ ގޮތުން އަހަރުމެންނަށް ވިސްނޭ ގޮތް މުއްސަނދިކޮށްދޭ ކަމެއް ނޫނެވެ. އޭގެ އިތުރުން އަހަރުމެންގެ ޝަހުސިއްޔަތު ބައްޓަންކުރުމުގައި ގުދުރަތާއި މާޒީ އަދި މާހައުލާއި ދެމެދު އޮންނަ މުއްސަނދި ގުޅުން ހަނދާންކޮށްދޭ ކަމެކެވެ.