11 ނޮވެންބަރު 2023 - 07:19 0
އަލަށް ފެނުނު ރަށް
11 ނޮވެންބަރު 2023 - 07:19 0
ޖަޕާންގެ ވެރިރަށް ޓޯކިޔޯގެ ރަށްބޭރުން 1,200 ކިލޯމީޓަރު ދުރުގައި ކަނޑުއަޑީގައި ހުރި އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން މުޅިން އަލަށް ރަށެއް އުފެދި ފެނުން މައްޗަށް އަރައިފި އެވެ.
ހުޅަނގު ޕެސިފިކްގައި އޮންނަ ޖަޕާނުގެ އޮގަސަވަރާ ރަށްތައް ކައިރީގައި އޮކްޓޯބަރުން ފެށިގެން ކުދި ގޮވުންތައް ގޮވަމުން ގޮސްފައިވާ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
މި ގޮވުންތަކުގެ ސަބަބުން ފެނުން މައްޗަށް ގާތްގަނޑަކަށް 100 މީޓަރު ހުންނަ ރަށެއް ވަނީ އުފުލިފަ އެވެ. ގޮވުންތައް ނުހުއްޓި ކުރިއަށްދާނަމަ މި ރަށުގެ ސައިޒް ބޮޑުވެ ފެނުން މައްޗަށް އިތުރަށް އުފުލުމުގެ ފުރުސަތު އޮތް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
ނަމަވެސް, މި ކުޑަކުޑަ ރަށް ވެސް އަލުން އެނބުރި ފެނުގެ އަޑިއަށް ދިޔުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެ ސަރަހައްދުގައި 1904, 1914 އަދި 1986 ގައި އުފެެދުނު ރަށްތައް މިހާރު ވަނީ އަރަގުވެފަ އެވެ.
ޖަޕާނުގައި 14,125 ޖަޒީރާ ރަށް އޮންނަ ކަމަށް އެ ގައުމުގެ އިދާރާތަކުން ބުނެ އެވެ.
Comment