Advertisement

ކުޅުދުއްފުށިން ގެއްލުނު މީހާ އަދި "ނުހޯދޭ"، މާލެ ތެރެއިން ފެނުނު ކަމަށް ބުނާ ވާހަކަތަކެއް

9 ނޮވެންބަރު 2023 - 10:31 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ހދ. ކުޅުދުއްފުށި، ލަންދޫގެ، އަބްދުﷲ އިބްރާހިމް 39އ --


ކުޅުދުއްފުށިން ގެއްލުނު މީހާ އަދި "ނުހޯދޭ"، މާލެ ތެރެއިން ފެނުނު ކަމަށް ބުނާ ވާހަކަތަކެއް

9 ނޮވެންބަރު 2023 - 10:31 0

ކުޅުދުއްފުށިން ގެއްލިިގެން ހޯދަމުންދާ ހދ. ކުޅުދުއްފުށި، ލަންދޫގެ، އަބްދުﷲ އިބްރާހިމް 39އ ގެއްލުނުތާ ހަފްތާއެއް ވީއިރު، އޭނާ ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ފަހުން ވީނުވީއެއް ނޭނގި ގެއްލުނު ޒުވާނާ ގެއްލިފައިވާ ކަމަށް ބުނެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓު ކުރީ ނޮވެމްބަރު 4، ގަ އެވެ.

އަބްދުﷲ އިބްރާހިމްގެ އާއިލާގެ މެންބަރަކު "އަދަދު" އަށް ބުނީ އަބްދުﷲ ގެ ހަބަރެއް އެންމެ ފަހުންވީ މި މަހުގެ ދެ ވަނަ ދުވަހު ހެނދުނު ކަމަށެވެ.

"އެދުވަހު ހެނދުނު ގެއިން ނުކުމެގެން ދިޔަ ގޮތަށް ހަބަރެއް ނުވޭ. ހުކުރު ދުވަހުގެ މެންދުރެއްހާއިރު ވަންދެން ފޯނަށް ވެސް ގުޅުނު، އެގެފަހުން އެއްވެސް ގޮތަަކަށް ހަބަރެއް ނުވީމަ ފުލުހުންނަށް ރިޕޯޓު ކުރީ،" މައުލޫމާތު ދިން މީހާ ބުންޏެވެ.

އާއިލާއިން މައުލޫމާތު ދޭ ގޮތުގައި އޭނާ ކުޅުދުއްފުށިން ފުރާ ބޯޓަކަށް އަރައިގެން މާލެ އައި ކަމުގެ މައުލޫމާތު ލިބުނެވެ. އަދި, މާލެ ތެރެއިން އަބްދުﷲ ފެނިގެން ދަންނަ ބައެއް މީހުން އާއިލާއަށް މައުލޫމާތު ދީފައިވާ ކަމަށް ބުންޏެވެ.

"މާލެއިން އޭނަ ފެނިގެން ބައެއް މީހުން ގުޅާފަ އެބަ ބުނޭ. އެކަމަކު އާއިލާއަކަށް އެއްވެސް ހަބަރެއް ނުވޭ،" އަބްދުﷲ ގެ އާއިލާއިން ހިއްސާކުރި އެވެ.

އޭގެ އިތުރުން ގެއިން ނުކުމެގެން ދާންޖެހޭ ވަރުގެ އެއްވެސް ކަހަލަ މައްސަލައެއް ނުވަތަ ހައިޖާނެއް ގޭތެރޭގައި ވެސް ނުހިނގާ ކަމަށް ވެސް އާއިލާއިން ބުނެ އެވެ.

ފުލުހުން ބުނީ އަބްދުﷲ އިބްރާހިމް ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާ ކަމަށެވެ. ނަމަވެސް މިވަގުތާ ހަމައަށް އޭނާގެ އެއްވެސް ހަބަރެއް ވެފައި ނުވާ ކަމަށާއި، މާލެ ތެެރެިން އަބްދުﷲ ފެނިގެން އެއްވެސް ފަރާތަކުން ފުލުހުންނަށް ރިޕޯޓުކޮށްފައި ނުވާކަމަށެވެ.

އަބްދުﷲ އިބްރާހީމްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791382 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.