Advertisement

ހުޅުވައިލިތާ ގަޑިއިރެއް ނުވަނީސް ވިނަރެސްގެ ހުރިހާ ފްލެޓެއް ވިކިއްޖެ

5 ނޮވެންބަރު 2023 - 12:57 1

ނިމާ ހަސަން

ނިމާ ހަސަން

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތައް; ވިއްކަން ހުޅުވާލިތާ ގަޑިއިރެއް ނުވަނީ ހުރިހާ ފްލެޓެއް ވިކިއްޖެ -- ފޮޓޯ: އިޔާން/ އަދަދު


ހުޅުވައިލިތާ ގަޑިއިރެއް ނުވަނީސް ވިނަރެސްގެ ހުރިހާ ފްލެޓެއް ވިކިއްޖެ

5 ނޮވެންބަރު 2023 - 12:57 1

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައިވާ ވިނަރެސް ފުލެޓުތަކުގެ ތެރެއިން އެކި ސަބަބުތަކާހުރެ ނުވިކި ބާކީ ހުރި ފުލެޓުތައް ވިއްކަން އާބަންކޯއިން ހުޅުވާލިތާ ގަޑިއިރެއް ނުވަނީސް ހުރިހާ ފްލެޓެއް ވިކިއްޖެ އެވެ.

އާބަންކޯއިން 'އަދަދު' އަށް ބުނީ, ވިނަރެސް ފްލެޓްތައް ވިއްކާލަން މިއަދު ހެނދުނު 10:00 ގައި ހުޅުވާލިތާ އެއް ގަޑިއިރު ނުވަނީސް ހުރިހާ ފްލެޓްތަކެއް ވިކިފައިވާ ކަމަށެވެ. އެއީ 123 ފްލެޓް ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެކި ސަބަބުތަކާ ހެދި ނުވިކި ހުރި ވިނަރެސް ފްލެޓްތައް ވިއްކަން ހުޅުވާލީ ދިގު މުއްދަތަކަށް ބަހާލައިގެން ވިނަރެސް ފްލެޓްތަކަށް ފައިސާ ދައްކާ ފަރާތްތަކަށް އިންޓްރެސްޓް ރޭޓް ހަ ޕަސަންޓަށް ކުޑަ ކުރުމަށްފަހު އެވެ. ކުރިން އިންޓްރެސްޓް ރޭޓަކީ ނުވަ ޕަސަންޓެވެ.

ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ވިނަރެސް މަޝްރޫއުގެ 10 ޓަވަރުގައި ތިން ކޮޓަރީގެ 1344 އެޕާޓްމަންޓް ހުރެ އެވެ. އެ އެޕާޓުމަންޓުތައް ގަތުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 1413 ފޯމު ހުށަހަޅާފައިވެ އެވެ. ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތުހަމަވީ 723 މީހުންނެވެ.

މި މަޝްރޫއުގެ އެޕާޓުމެންޓެއްގެ އަގަކީ 2.5-3 މިލިއަން ރުފިޔާ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަޝްރޫއުގެ މަސައްކަތް ފެށި ނަމަވެސް، އެ ވެރިކަން ބަދަލުވިއިރު، ގިނަ ޓަވަރުތަކުގެ ފައުންޑޭޝަން ވެސް ނާޅަ އެވެ. މަޝްރޫއުގެ ބޮޑުބައި ފަށައި ނިންމާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ.