Advertisement

ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު އަލަމްގީރް ދޫކޮށްލުމަށް ގޮވާލައި ޕެޓިޝަނެއް ފަށައިފި

5 ނޮވެންބަރު 2023 - 10:46 0

ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު އަލަމްގީރް : އޭނާ ހައްޔަރުކުރުމާ ގުޅިގެން ދޫކޮށްލުމަށް ގޮވާލާ ބަންގްލަދޭޝްގައިވަނީ ޕެޓިޝަނެއް ފަށާފަ -


ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު އަލަމްގީރް ދޫކޮށްލުމަށް ގޮވާލައި ޕެޓިޝަނެއް ފަށައިފި

5 ނޮވެންބަރު 2023 - 10:46 0

ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު އަދި ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ސެކްރެޓަރީ ޖެނެރަލް މިރްޒާ ފަހުރުލް އިސްލާމް އަލަމްގީރް ދޫކޮށްލުމަށް ގޮވާލާ އެ ގައުމުގާ ޕެޓިޝަނެއް ފަށައިފި އެވެ.

އެ ގައުމުގެ ނޫސްތަކުން ރިޕޯޓުތައް ބުނާގޮތުން މި ޕެޓިޝަނުގައި އެތައް ހާސް ބަޔަކު ސޮއިކޮށްފައިވާއިރު އޭގެ ތެރޭގައި ގައުމުގެ އިސް 587 މީހަކު ހިމެނެ އެވެ. އެގޮތުން ބަންގްލަދޭޝްގެ އިދިކޮޅު ޕާޓީގެ މި ޕެޓިޝަނުގައި އެ ގައުމުގެ ނޫސްވެރިން، ލޯޔަރުން، ޑޮކްޓަރުން އަދި އިލްމުވެރިން ހިމެނެ އެވެ.

މިދިޔަ މަހު 29 ގައި އަލަމްގީރާ އެކު ބީއެންޕީގެ ލީޑަޝިޕަށް ނިސްބަތްވާ ގިނަ ފަރާތްތަކެއް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އިދިކޮޅުން ތުހުމަތު ކުރަނީ މިއީ އަންނަ އަހަރުގެ ކުރީ ކޮޅު އެ ގައުމުގައި ބާއްވާ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ބޮޑުވަޒީރު ޝޭހް ހަސީނާ އަދި ސަރުކާރުން ހިންގާ އަމަލުތަކެއް ކަމަށެވެ.

ނަމަވެސް، ބަންގްލަދޭޝްގެ ފުލުހުން ބުނީ ކުށަކާ ނުލާ އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ނުވާނެ ކަމަށެވެ.

އަލަމްގީރް ހައްޔަރުކުރުމާ އެކު ބަންގްލަދޭޝްގެ ސިޔާސީ މަޝްރަހު ހޫނުވެ އެ ގައުމުގައި ބޮޑެތި މުޒާހަރާތަކެއް ވަނީ ކޮށްފަ އެވެ.

ޑާކާގައި ބޭއްވި މައި މުޒާހަރާއަށް އެތައް ހާސް ބަޔަކު ދިޔަ ކަމަށް ބެލެވޭއިރު އެއީ އެގައުމުގެ ސަރުކާރާ ދެކޮޅަށް މި ފަހުގެ ދަހަރުތަކުގައި ބޭއްވި އެންމެ ބޮޑު އެއްވުމެވެ. އެ އެއްވުން ހަމަނުޖެހުމަކަށް ބަދަލުވެ ފުލުހުންނާއި ކުރިމަތިލާން ފެށުމުން ރަބަރު އުންޑަ ވެސް ޖަހާފައިވެ އެވެ. އޭގެ ރައްދުގައި މުޒާހަރާ ކުރި މީހުން ވެސް ގަލާއި އެހެނިހެން ތަކެތި ވަނީ އުކާފަ އެވެ.

ފުލުހުން އަދި އިދިކޮޅު ޕާޓީތަކުން ވެސް މި ހަމަނުޖެހުމުގެ ޒިންމާ އަޅުވަމުންދަނީ އެކަކު އަނެކެއްގެ ބޮލުގަ އެވެ.

އަނިޔާވެރި ގޮތަކަށް މުޒާހަރާތައް ރޫޅާލުމާ ގުޅިގެން ތިން ދުވަހުގެ މުއްދަތަށް މަދަނީ ބަސްނޭހުމެއް އިދިކޮޅު ޕާޓީތަކުގެ އިސްނެގުމަށް ވަނީ ފަށާފަ އެވެ.