Advertisement

ކެނެޑާ، ޔޫކޭ، އޮސްޓްރޭލިއާ އަދި މެލޭޝިއާގެ ޔުނިވާސިޓީތަކާ އެކު ހާއްސަ ފެއާއެއް މި ހަފުތާ ބަންދުގައި

2 ނޮވެންބަރު 2023 - 12:00 0


ކެނެޑާ، ޔޫކޭ، އޮސްޓްރޭލިއާ އަދި މެލޭޝިއާގެ ޔުނިވާސިޓީތަކާ އެކު ހާއްސަ ފެއާއެއް މި ހަފުތާ ބަންދުގައި

2 ނޮވެންބަރު 2023 - 12:00 0

އިނގިރޭސިވިލާތާއި, ކެނެޑާ އަދި އޮސްޓްރޭލިއާ ފަދަ ގައުމުތަކުގެ ޔުނިވާސިޓީތައް ހިމެނޭހެން ހާއްސަ ފެއާއެއް މި ހަފުތާ ބަންދުގައި ބާއްވާނެ އެވެ.

ޒީދު އިންޓަނޭޝަނަލްގެ ފަރާތުން އިންތިޒާމުކުރާ މި ފެއާ އޮންނާނީ މި ހަފުތާ ބަންދުގެ ކޮންމެ ދުވަހެއްގެ ހަވީރު 4 އިން 10 އަށް މީރުމާގަ އެވެ. މި ފެއާގައި އެ ތިން ގައުމުގެ އިތުރުން މެލޭޝިއާ, ބެލާރުސް, އިންޑިއާ, ސްރީ ލަންކާ އަދި ފިލިޕީންސް, ބަންގްލަދޭޝާއި ރާއްޖޭގެ 45 އަށްވުރެ ގިނަ ޔުނިވާސިޓީން ބައިވެރިވާނެ އެވެ.

ފެއާގައި ބައިވެރިވާ ބައެއް ޔުނިވާސިޓީތައް

  • ކާޑިފް ޔުނިވާސިޓީ (ޔޫކޭ)
  • ޔުނިވާސިޓީ އޮފް ލީޑްސް (ޔޫކޭ)
  • ޔުނިވާސިޓީ އޮފް ލަންޑަން (ޔޫކޭ)
  • ދަ ޔުނިވާސިޓީ އޮފް ޝެފީލްޑް (ޔޫކޭ)
  • ޔުނިވާސިޓީ އޮފް ބްރައިޓަން (ޔޫކޭ)
  • ސަދަން ކްރޮސް ޔުނިވާސިޓީ (އޮސްޓްރޭލިއާ)
  • ލޭކްހެޑް ޔުނިވާސިޓީ (ކެނެޑާ)
  • ޓްރިނިޓީ ވެސްޓާންސް ޔުނިވާސިޓީ (ކެނެޑާ)
  • ޖޯޖިއަން ކޮލެޖު (ކެނެޑާ)

މި ޔުނިވާސިޓީތަކުގެ ބޭފުޅުން ކޯސްތަކުގެ މައުލޫމާތު ހިއްސާކުރުމަށް މީރުމާގައި ތިއްބަވާނެ ކަމަށް ޒީދު އިންޓަނޭޝަނަލް އިން މައުލޫމާތު ދެ އެވެ.

ޒީދު އިންޓަނޭޝަނަލްއިން ވަނީ މީގެކުރިން ވެސް މިފަދަ ފެއާތަކެއް ކުރިއަށް ގެންގޮސްފަ އެވެ.