Advertisement

އިންތިހާބު ބޯމަތިވެފައި ވަނިކޮށް ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު އަލަމްގީރް ހައްޔަރުކޮށްފި

30 އޮކްޓޯބަރު 2023 - 11:44 0

ބަންގްލަދޭޝްގެ އިދިކޮޅު ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލަމްގީރް. އޭނާ ހައްޔަރުކޮށްފައިވާއިރު ޖެނުއަރީ މަހު އިންތިހާބު ބާއްވާނެކަން ވަނީ ހާމަކޮށްފައި --- އަލްޖަޒީރާ


އިންތިހާބު ބޯމަތިވެފައި ވަނިކޮށް ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު އަލަމްގީރް ހައްޔަރުކޮށްފި

30 އޮކްޓޯބަރު 2023 - 11:44 0

ބަންގްލަދޭޝްގެ ސަރުކާރާއި އެ ގައުމުގެ އިދިކޮޅު ޕާޓީއާ ދެމެދު ނުތަނަވަސްކަން އިތުރުވެފައި ވަނިކޮށް އިދިކޮޅު ލީޑަރު އަދި ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ސެކްރެޓަރީ ޖެނެރަލް މިރްޒާ ފަހުރުލް އިސްލާމް އަލަމްގީރް ހައްޔަރުކޮށްފި އެވެ.

ޖެނުއަރީ މަހުގެ ތެރޭގައި އެ ގައުމުގައި އާންމު އިންތިހާބު ބާއްވަން ތާވަލުކޮށްފައިވާއިރު ސަރުކާރާ ދެކޮޅަށް ހޮނިހިރު ދުވަހު ވެރި ރަށް ޑާކާގައި ބޮޑު މުޒާހަރާތަކެއް ވަނީ ބާއްވާފަ އެވެ.

އެ މުޒާހަރާތައް ހަމަނުޖެހުމަކަށް ބަދަލުވެ ފުލުހުކާއި އާންމުންގެ މީހަކު މަރުވި އެވެ. އޭނާ ހައްުޔަރުކުރީ އެ ކަމާ ގުޅޭ ގޮތުން ސުވާލު ކުރުމަށް ކަމަށް ޑާކާގެ ފުލުހުން ހާމަކޮށްފައިވެ އެވެ.

އާންމު އިންތިހާބާ ދިމާކޮށް އިދިކޮޅަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. ބީއެންޕީގެ ޒަމާންވީ ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު ހާލިދު ޒިއާ ވެސް ހުންނެވީ ގޭބަންދުގަ އެވެ.

އެ ގައުމުގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް އިދިކޮޅު ޕާޓީތަކުން ފާއިތުވެދިޔަ 15 އަހަރު ދިޔައީ ގޮވާލަމުންނެވެ. މި ބަންދުތަކާއި ހައްޔަރުތަކާ އެކު ޖެނުއަރީގެ އިންތިހާބު ވެސް މިނިވަންވާނެ ކަމާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

އިދިކޮޅު ޕާޓީތަކުން ބުނާ ގޮތުގައި އިންތިހާބު މިނިވަން ވާނީ މިހާރު ވެރިކަމުގައި ހުންނެވި ޝެއިހް ހަސީނާ އިސްތިއުފާ ދިނުމަށް ފަހު ސިޔާސީ މައިދާނުން އެއްފަރާތްވުމުންނެވެ.