Advertisement

އިޒްރޭލަަށް ޖާސޫސް ކޮށްދިންކަން ސާބިތުވެ އިންޑިއާގެ އަށް މީހަކަށް ގަތަރުން މަރުގެ ހުކުމް އިއްވައިފި

26 އޮކްޓޯބަރު 2023 - 23:13 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ގަތަރުގެ އަމީރު ޝައިހް ތަމީމް ބިން ހަމަދު އަލް ތާނީ (ކ) އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ (ވ) : އިޒްރޭލަަށް ޖާސޫސް ކޮށްދިންކަން ސާބިތުވެ އިންޑިއާގެ އަށް މީހަކަށް ގަތަރުން މަރުގެ ހުކުމް އިއްވައިފި -


އިޒްރޭލަަށް ޖާސޫސް ކޮށްދިންކަން ސާބިތުވެ އިންޑިއާގެ އަށް މީހަކަށް ގަތަރުން މަރުގެ ހުކުމް އިއްވައިފި

26 އޮކްޓޯބަރު 2023 - 23:13 0

އިޒްރޭލަށް ޖާސޫސް ކޮށްދިންކަން ސާބިތުވެ އިންޑިއާގެ ކުރީގެ އަށް ސިފައިންގެ މީހެއްގެ މައްޗަށް ގަތަރުގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި އެވެ.

ޖާސޫސް ކުރުމުގެ ކުށުގައި މި އަށް މީހުން ގަތަރުގެ އިންޓެލިޖެންސް ހިދުމަތުން ހައްޔަރުކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ. އެއާއެކު އިންޑިއާއިން ވަނީ ގަތަރާއެކު އެމީހުން ދޫކޮށްލުމަށް އެދި މަޝްވަރާތަކެއްވެސް ބާއްވާފަ އެވެ.

އޭރު މީޑިއާތަކުން ބުނި ގޮތުގައި އެ މީހުންގެ މައްޗަށް ކުރީ އިޓަލީ އަސްކަރިއްޔާއިން ގަތަރަށް ފޯރުކޮށްދިން އަސްކަރީ ސަބްމެރިން އަކާއި އެހެނިހެން އެހީތަކާ ގުޅޭ މައުލޫމާތު ހޯދާ އިޒްރޭލަށް ހިއްސާކުރުމުގެ ތުހުމަތެވެ.

ނަމަވެސް ގަތަރުން އޭރު ބުނީ އެ އަށް މީހުން އިޒްރޭލަށް ޖާސޫސީ މައުލޫމާތު ހިއްސާކުރާ ކަމުގެ ހެކި އެ ގައުމުގެ އިދާރާތަކުން ހޯދާފައިވާ ކަމަށެވެ. އެ އަށް މީހުންވެސް ގަތަރުގައި ހަރަކާތްތެރިވަމުންދިޔައީ އެ ގައުމުގެ އަލް ދަހްރާ ކުންފުނީގެ މުވައްޒަފުންގެ ގޮތުގަ އެވެ. މި މީހުންގެ ހައްޔަރަށްފަހު ގަތަރުން ވަނީ އެ ކުންފުނީގައި މަސައްކަތް ކުރަމުންދިޔަ 75 އިންޑިއާ މީހަކު އަނބުރާ ގައުމަށް ފޮނުވާލާފަ އެވެ.

މަރުގެ ހުކުމާއެކު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފަ އެވެ. އަދި ހުކުމާ ގުޅޭ އިތުރު ތަފުސީލު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިންޑިއާއިން ވަނީ ބުނެފަ އެވެ.

"އެ ފަރާތްތަކުގެ އާއިލާތަކާއި ގާނޫނީ ޓީމުތަކާއެކު މަޝްވަރާ ކުރަމުން މިދަނީ، މި ގެންދަނީ ގާނޫނީ ގޮތުން ކުރެވެން ހުރި ކަންކަން ބަލާ އެކަންކަމަށް ތައްޔާރުވަމުން" އިންޑިއާއިން ބުނެފައިވެ އެވެ.

އިޒްރޭލަށް ޖާސޫސްކުރި ކަމުގެ ކުށުގައި ބަޔަކު މެރުމަށް ގަތަރުން ހުކުމް ކޮށްފައިމިވަނީ އިޒްރޭލުން ވެރިވެގަނެފައިވާ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލްއާމު ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

އެގޮތުން މި މަހުގެ ހަތެއްގައި ފަލަސްތީނުގެ ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގެ ބަދަލުގައި ހަނގުރާމަ އިއުލާންކޮށް މިހާތަނަށް ދިން ހަމަލާތަކުގައި ހުޅަނގު އައްސޭރި އަދި ގާޒާގައި ފަލަސްތީނުގެ 7،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ. އޭގެ ތެރޭގައި 2،500 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ.

ހަމާސްއިން ދިން ހަމަލާތަކުގައި 300 ސިފައިން ހިމެނޭހެން އިޒްރޭލުން 1400 އަށްވުރެ ގިނަ މީހުން މަރާލާ 220 މީހަކު ވަނީ ރަހީނުކޮށްފަ އެވެ.

ހަމަލާތަކުގެ އިތުރުން، އިޒްރޭލުން ވަނީ ގާޒާއަށް ދެމުންދިޔަ ފެނާއި ކަރަންޓު ކަނޑާލާ އެހީ ލިބޭނެ މަގުތައް އެކީހެން ބަންދުކޮށްފަ އެވެ. ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި ގާޒާއަށް އިންސާނީ އެހީ ހިފައިގެން މިސްރުގެ ރަފާހު ބޯޑަރު ހުރަސްކޮށް ވަދެފައިވަނީ 100 އަށްވުރެ މަދު އުޅަނދެވެ. އެއީ އާއްމު ހާލަތުގައި ދުވާލަކު ގާޒާއަށް ލިބޭ އެހީއަށްވުރެ މަދު އަދަދެކެވެ.