Advertisement

ހުލާސާކޮށް އިއްޔެ: ވިނަރެސް ފްލެޓުތަކުގެ އިންޓްރެސްޓް ރޭޓު ކުޑަކުރުން

23 އޮކްޓޯބަރު 2023 - 06:00 0

ވިނަރެސް ފްލެޓުތައް. -- ފޮޓޯ: އަދަދު


ހުލާސާކޮށް އިއްޔެ: ވިނަރެސް ފްލެޓުތަކުގެ އިންޓްރެސްޓް ރޭޓު ކުޑަކުރުން

23 އޮކްޓޯބަރު 2023 - 06:00 0

ދިގު މުއްދަތަކަށް ބަހާލައިގެން ވިނަރެސް ފްލެޓަށް ފައިސާ ދައްކާ ފަރާތްތަކަށް އިންޓަރެސްޓް ރޭޓް ހަ ޕަސެންޓަށް އިއްޔެ ކުޑަކުރި އެވެ.

އާބަންކޯ އިން ބުނީ ކުރިން އިންޓަރެސްޓު ރޭޓަކީ ނުވަ ޕަސެންޓު ކަމަށާއި، ހަ ޕަސެންޓަށް ކުޑަކުރުމުން ފްލެޓުވެރިންނަށް މާލީ ގޮތުން ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

މި ބަދަލު ގެނައިީ ހަމައެކަނި ދިގު މުއްދަތައް ބަހާލައިގެން ފައިސާ ދައްކާ ފަރާތްތަކަށެވެ. މި މަޝްރޫއުގެ އެޕާޓުމެންޓެއްގެ އަގަކީ 2.5-3 މިލިއަން ރުފިޔާ އެވެ.

ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ވިނަރެސް މަޝްރޫއުގެ 10 ޓަވަރުގައި ތިން ކޮޓަރީގެ 1344 އެޕާޓްމަންޓް ހުރެ އެވެ. އެ އެޕާޓުމަންޓުތައް ގަތުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 1413 ފޯމު ހުށަހަޅާފައިވެ އެވެ. ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތުހަމަވީ 723 މީހުންނެވެ.

އާބަންކޯ އިން ބުނި ގޮތުގައި ވިނަރެސް ފްލެޓު ލިބޭ 288 ފަރާތަކާއެކު އެގްރީމެންޓްގައި މިހާތަނަށް ވަނީ ސޮއިކޮށްފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަޝްރޫއުގެ މަސައްކަތް ފެށި ނަމަވެސް، އޭރު ގިނަ ޓަވަރުތަކުގެ ފައުންޑޭޝަން ވެސް ނާޅަ އެވެ. މަޝްރޫއުގެ ބޮޑުބައި ފަށައި ނިންމާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ފޮޓޯ