Advertisement

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ކުރިމަތިލާން ދެވަނަ ފަހަރަށް ހުޅުވާލައިފި

21 އޮކްޓޯބަރު 2023 - 22:21 0

އެޗްއާރްސީއެމްގެ ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވި އަދުހަމް. މި މަގާމަށް މީހަކު ކުރިމަތިލުމުގެ ފުރުސަތު އޮންނާނީ ބުރާސްފަތި ދުވަހު އެކަނި -- ފައިލް ފޮޓޯ: އަދަދު


އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ކުރިމަތިލާން ދެވަނަ ފަހަރަށް ހުޅުވާލައިފި

21 އޮކްޓޯބަރު 2023 - 22:21 0

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަނެއްކާ ވެސް ރައީސް އޮފީހުން ހުޅުވާލައިފި އެވެ.

އެޗްއާރުސީއެމްގެ ގޮނޑިއެއް ހުސްވީ އެ ކޮމިޝަނުގެ ނައިބު ރައީސް ޑރ. އަހުމަދު އަދުހަމް އަބްދުالله އިސްތިއުފާ ދެއްވުމުންނެވެ. ހުޅުވާލި ފުރަތަމަ ފުރުސަތުގައި އެކަށީގެންވާ ވަރަށް މީހުން ކުރިމަތިލާފައި ނުވާތީ އެ ފުރުސަތު ދެވަނަ ފަހަރަށް ވަނީ ހުޅުވާލާފަ އެވެ.

އެ ފުރުސަތު އޮތީ އޮކްޓޯބަރު 26 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށެވެ. އެކަމަށް ބޭނުންވާ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ އެވެ.

އަދުހަމް އިސްތިއުފާ ދެއްވުމުން އެޗްއާރްސީއެމްގައި މިހާރު ތިއްބެވީ ހަތަރު މެންބަރުންނެވެ. އެއީ:

  • ރައީސް މަރިޔަމް މުނާ
  • މެންބަރު މުއުމިނާ ވަހީދު
  • މެންބަރު އާމިނަތު ޝިފާއަތު އަބްދުއްރައްޒާގު
  • މެންބަރު ސަމާއު އަހުމަދު ނަޖީބު

މެންބަރު މުއުމިނާ އާއި ޝިފާއަތު އެ ކޮމިޝަނަށް އައްޔަން ކުރީ 2020, ސެޕްޓެމްބަރު އަށެއްގަ އެވެ. އަދި ރައީސް މުނާ އައްޔަންކުރީ އެ އަހަރު ނޮވެމްބަރު 30, ގަ އެވެ. މެންބަރު ސަމާއު އެ ކޮމިޝަނަށް އައްޔަން ކުރީ 2021, އޮކްޓޯބަރު ތިނެއްގަ އެވެ.

އެޗްއާރްސީއެމްގެ މެންބަރުންގެ މުއްދަތަކީ ކޮމިޝަނަށް އައްޔަން ކުރާ ދުވަހުން ފެށިގެން ފަސް އަހަރެވެ. އެޗްއާރްސީއެމްގެ މެންބަރު ކަމުން ވަކިކުރާ މީހުން ފިޔަވައި އެހެން މީހުންނަށް އިތުރު އެއް ފަހަރު ފަސް އަހަރުގެ މުއްދަތަކަށް ކޮމިޝަނަށް އައްޔަން ކުރެވިދާނެ ކަމަށް ގާނޫނޫގައި އޮވެ އެވެ.