Advertisement

އިސްލާމް ދީނާ މެދު ހުރިހާ މުސްލިމުންގެ އިހުސާންތެރިކަން އިތުރުކުރަންޖެހޭ: އިމްރާން

17 އޮކްޓޯބަރު 2023 - 00:11 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަން އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ޖަލްސާގައި، ހޯމް މިނިސްޓަރު އިމްރާން ވާހަކަދައްކަވަނީ--- ފޮޓޯ:ހޯމް މިނިސްޓްރީ


އިސްލާމް ދީނާ މެދު ހުރިހާ މުސްލިމުންގެ އިހުސާންތެރިކަން އިތުރުކުރަންޖެހޭ: އިމްރާން

17 އޮކްޓޯބަރު 2023 - 00:11 0

މިއަދު އިސްލާމީ އުއްމަތް ބަލިކަށިވެ ނިކަމެތިވެގެން ގޮސްފައިވާ މިންވަރާ މެދު މުސްލިމުން ހިތާމަ ކުރަންޖެހޭ ކަމަށާއި އިސްލާމް ދީނާ މެދު މުސްލިމުންގެ އިހުސާންތެރިކަން އިތުރު ކުރަންޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިފަދައިން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ފަލަސްތީނުގެ ހާލަތުގެ މައްޗަށް އަލިއަޅުވާލައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ އިސްލާމީ އުއްމަތަކީ އެއް އުއްމަތެއް ކަމަށާއި އެއް މުސްލިމުންގެ ގުޅުމަކީ ލޭގެ ގުޅުމާއި ރަހިމުގެ ގުޅުމަށްވުރެވެސް ބޮޑު އެއްޗެއް ކަމަށެވެ. އަދި ކޮންމެ ގައުމެއްގައި ހުއްޓަސް މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށް އަދާ ކުރަންޖެހޭ ވާޖިބުތައް ހުންނާނެ ކަމަށް ވިދާޅުވި އެވެ.

"އެހެން ނަމަވެސް މިއަދު އިސްލާމީ އުއްމަތުގެ ނިކަމެތިކަމާ ބަލިކަށިކަން ގޮސްފައިވާ ހާލަތު އަޅުގަނޑުމެން ހިތާމަ ކުރަންޖެހޭ ހިސާބުގަ މި އޮތީ. އޭގެ ހަގީގަތަކީ އަޅުގަނޑުމެންގެ އީމާންތެރިކަން ބަލިކަށިވެފައިވާ މިންވަރު. އަޅުގަނޑުމެން މުސްލިމް އުންމަތާ ދޭތެރޭ މުސްލިމުންގެ އިހްސާންތެރިކަން ނެތް މިންވަރު،" އިމްރާން ވިދާޅުވި އެވެ.

އަފްގާނިސްތާނަށް އެއް އަހަރުގެ ތެރޭގައި އެޅި ބޮން، އެންމެ ހަ ދުވަސް ތެރޭގައި އިޒްރޭލުން ފަލަސްތީނަށް އަޅާފައިވާއިރު، 3،000 އެއްހާ މީހުން ޝަހީދުވެފައިވާކަން ފާހަގަކުރައްވަމުން އިމްރާން ވިދާޅުވީ މުސްލިމުންގެ ފުރަތަމަ ގިބްލަ، މަސްޖިދުލް އަގްސާގައި ދިރިއުޅޭ މީހުންގެ ހާލަތާ މެދު އަހަރުމެން ފިކުރު ކުރަންޖެހޭ ކަމަށެވެ.

އިމްރާން ވިދާޅުވީ ރާއްޖެއަކީ އިސްލާމީ ގަައުމެއްގެ ގޮތުގައި ދަމަހައްޓައި އަންނަން އޮތް ޖީލުތަކަށް އެގޮތުގައި ގެންގޮސްދޭންޖެހޭ ކަމަށާއި ދީން ފަތުރައި ދީނަށް ލޯބި ޖެއްސިއަސް އެންމެންނަކީ އެއް ވަރަށް ދީން އެނގޭނެ ބައެއް ނޫން ކަމަށެވެ. އަދި ދީން ނޭނގުމަކީ އެއްވެސް މީހަކާ މެދު އިހާނެތިކޮށް ކަންކަން ކުރަން ޖެހޭ ސަބަބެއް ނޫން ކަމަށާއި ދީނީ އިލްމު ފަތުރައި، ދީނަށް އަހުލުވެރިކުރުވަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމަށް އިމްރާން ގޮވާލެއްވި އެވެ.