Advertisement

ތައުލީމީ މަންހަޖަށް ހެޔޮ ބަދަލުތަކެއް ގެންނަވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވެއްޖެ

5 އޮކްޓޯބަރު 2023 - 12:32 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

އިންތިހާބީ ރައީސް ޑރ. މުއިއްޒު: މުއިއްޒު ވިދާޅުވީ މަންހަޖަށް ބަދަލު ގެންނަވާނެކަމަށް -- ފޮޓޯ: ޝާބިން/އަދަދު


ތައުލީމީ މަންހަޖަށް ހެޔޮ ބަދަލުތަކެއް ގެންނަވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވެއްޖެ

5 އޮކްޓޯބަރު 2023 - 12:32 0

ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންގެ ތޫނުފިލިކަން އިތުރުކުރުިމާއި، ގާބިލްކަން އަދި އިޖްތިމާއީ މިންގަނޑުތަކަށް އިތުރަށް އަހުލުވެރިކުރުމަށް ތައުލީމީ މަންހަޖަށް ބަދަލު ގެންނަވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މުދައްރިސުންގެ ދުވަހާ ގުޅިގެން އިންތިހާބީ ރައީސް މުއިއްޒު ނެރުއްވި ބަޔާނުގައި ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި ދަރިވަރުންގެ ތޫނުފިލިކަން އިތުރުކުރުމާއި، ގާބިލު އުޅުންތެރިކަމާއި، އިންތިމާއީ މިންގަނޑުތަކަށް އަހުލުވެރިކުރުމަށް ޒަމާނީ ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ.

"21 ވަނަ ގަރުނުގެ ދަރިވަރެއްގެ ކިބައިގައި ހުންނަން ޖެހޭ ތޫނުކަމާއި ހުޝިޔާރުކަމެވެ. އިޖުތިމާއީ މިގަނޑުތަކަށް ކަމޭހިތުމާއި އުފަން ބިމަށް ލޯބިކުރުމާއި، ކަމޭހިތުމާއި އުފަން ބިމަށް ލޯބިކުރުމުގެ މާތް ސިފަތަކެވެ. އިރާދަކުރެއްވިއްޔާ މިކަންކަން އަށަގަންނާނެ ގޮތަކަށް މަންހަޖު އަލުން ބައްޓަން ކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، މިއަދު ޓީޗަރުންގެ ދުވަސް ފާހަގަކުރާއިރު ޓީޗަރުންގެ އަދަދު މަދުކަމާއި، ކިޔަވައިގެން ނުކުންނަ ދަރިވަރުންގެ ކިބައިގައި ގައުމަށް ބޭނުންވާ ގާބިލްކަން އަށަގަނެފައި ނުހުންނަ މައްސަލަ ފާހަގަކުރެވޭ ކަމަށެވެ.

މި މައްސަލަތައް ހައްލުކުރުމަށް ކަމާ ގުޅުންހުރި މުހިންމު ފިޔަވަޅުތައް އަޅާނެ ކަމަށާއި، މުދައްރިސުން ތާޒާކުރާނެ ކަަމަށް މުއިއްޒު ވިދާޅުވި އެވެ.