Advertisement

ނުކުޅުދުންތެރިކަން ހުންނަ އުމުރުން ދުވަސްވީ މީހެއްގެ ގެއަށްވަދެ އަނިޔާކޮށް ފޭރުނު މީހަކު ހައްޔަރުކޮށްފި

5 އޮކްޓޯބަރު 2023 - 13:07 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


ނުކުޅުދުންތެރިކަން ހުންނަ އުމުރުން ދުވަސްވީ މީހެއްގެ ގެއަށްވަދެ އަނިޔާކޮށް ފޭރުނު މީހަކު ހައްޔަރުކޮށްފި

5 އޮކްޓޯބަރު 2023 - 13:07 0

ހދ. ހަނިމާދޫގައި އުމުރުން ދުވަސްވީ މީހެއްގެ ގެއަށް ވަދެ އޭނާއަށް އަނިޔާކޮށް, ފޭރުނު މީހާގެ ބަންދަށް ހަތް ދުވަހުގެ މުއްދަތެއް ޖަހައިފި އެވެ.

ފުލުހުން ބުނި ގޮތުގައި ހދ ހަނިމާދޫގައި 63 އަހަރުގެ މީހަކަށް އަނިޔާކޮށް ފޭރުނު މައްސަލަ ރިޕޯޓުކުރީ މިދިޔަ އަންގާރަ ދުވަހުގެ ދަންވަރެވެ. އަދި އެ މައްސަލަ އާއި ގުޅިގެން 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާގެ ބަންދަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުން ހަތް ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހަނިމާދޫ ކައުންސިލް މެމްބަރު އަލީ އިބްރާހިމް "އަދަދު" ނޫހަށް ވިދާޅުވި ގޮތުގައި އުމުރުން ދުވަސްވީ މީހާއަކީ ނުކުޅުދެންތެރިކަން ހުންނަ މީހެއް ކަމަށާއި ނަފްސާނީ ބައްޔަށް ވެސް ފަރުވާ ހޯދަމުންދާ މީހެއް ކަމަށެވެ. އަދި އޭނާއަކީ އެކަނި ދިރިއުޅެމުންދާ މީހެއް ކަމަށް ވިދާޅުވި އެވެ.

އެ މައްސަލައިގައި ހައްޔަރުކުރި މީހާއަކީ ހަނިމާދޫގައި ދިރިއުޅޭ އެ އަތޮޅު އެހެން ރަށަކަށް ނިސްބަތްވާ މީހެކެވެ. އޭނާ ވަނީ އުމުރުން ދުވަސްވީ މީހާގެ ގެއަށްވަދެ އޭނާއަށް ވަރަށް ބޮޑަށް އަނިޔާކޮށް ބިރުވެސް ދައްކާފަ އެވެ.

އަލީ ވިދާޅުވި ގޮތުގައި ކުނިކަހާ ފިހިގަނޑެއްގެ ދަނޑިން ފޭރުނު މީހާ ވަނީ އުމުރުން ދުވަސްވީ މީހާއަށް އެކި ވަރުގެ އަނިޔާތައް ކޮށްފަ އެވެ. އަދި ސަލާމަތްވާން ހަޅޭލަވަން ފެށެމުން އެ ދަނޑި އޭނާގެ އަނގަޔަށް ވެސް ކޮއްޕައި، އިތުރު އަނިޔާތަކެއް ކުރި ކަމަށް ކައުންސިލުން ބުންޏެވެ.

"މުޅި ގޭތެރޭގައި އޮތީ ލޭ. ފިހިގަނޑެއްގެ ދަނޑި ހުސްވަންދެން ތަޅާ އަނިޔާކަޮށްފައި ހުރި. އޭނަގެ އަނގަޔަށް ވެސް އެ ކޮއްޕައި އަނިޔާކޮށްފައި ހުރީ،" އަލީ ވިދާޅުވި އެވެ.

ލިބުނު އަނިޔާތަކަށް އެ މީހާއަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެެއް ނޭނގެ އެވެ.