Advertisement

އައްޑޫ ސިޓީ ކައުންސިލުން އިންތިހާބީ ރައީސް މުއިއްޒާއެކު މަސައްކަތް ކުރަން ތައްޔާރު

4 އޮކްޓޯބަރު 2023 - 12:01 0

ނިމާ ހަސަން

ނިމާ ހަސަން

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު; އައްޑޫ ސިޓީ ކައުންސިލުން އިންތިހާބީ ރައީސަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ޝާބިން/ އަދަދު


އައްޑޫ ސިޓީ ކައުންސިލުން އިންތިހާބީ ރައީސް މުއިއްޒާއެކު މަސައްކަތް ކުރަން ތައްޔާރު

4 އޮކްޓޯބަރު 2023 - 12:01 0

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް, އައްޑޫ ސިޓީ ކައުންސިލުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

މޭޔަރު ނިޒާރު ވިދާޅުވީ ކައުންސިލްތަކުގެ ޒިންމާއަކީ ސަރުކާރާއި ގުޅިގެން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުން ކަމަށާއި, އެކަން މުއިއްޒުގެ ޒައާމަތުގައި ވެސް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އައްޑޫގެ ތަރައްގީއަށް މަސައްކަތް ކުރައްވާނީ ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"އައްޑޫ ސިޓީ ކައުންސިލް އިން ޑރ. މުހައްމަދު މުއިޒްގެ ޒައާމަތަށް ފުރިހަމަ އެއްބާރުލުން ދީގެން ސަރުކާރާއި ގުޅިގެން އައްޑޫގެ ތަރައްގީ އަށް މަސައްކަތް ކުރާނެ." ނިޒާރު ވިދާޅުވީ އެކަމުގެ ޔަގީންކަން އިންތިހާބީ ރައީސަށް އަރުވާފައިވާ ކަމަށެވެ.

މި ސަރުކާރުގައި ވެސް އައްޑޫ ސިޓީގައި ވަނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ފަށާފަ އެވެ. އޭގެ ތެރޭގައި އައްޑޫ ބިން ހިއްކުމާއި, އައްޑޫގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހިންގަން ފަށާފައިވާ މަޝްރޫއު ހިމެނެ އެވެ.

މުއިއްޒުގެ ސަރުކާރަށް އެއްބާރުލުން ދޭނެ ކަމަށް ނިޒާރު ވިދާޅުވިއިރު, ނިމިދިޔަ ރިޔާސީ އިންތިހާބުގައި މުއިއްޒަށް މެޖޯރިޓީ ނުލިބުނު ދެ އަތޮޅުގެ ތެރޭގައި އައްޑޫ ހިމެނެ އެވެ. އައްޑޫ ސިޓީން ރައީސް ސޯލިހަށް މެޖޯރިޓީ ލިބިވަޑައިގެންނެވީ, އެ ސިޓީގެ ތިން ރަށާއި, މާލޭގެ ފޮށިތަކުގެ މެޖޯރިޓީ ހޯއްދަވައިގެންނެވެ. އެ ސިޓީގެ ބާކީ ހުރި ތިން ރަށުން މެޖޯރިޓީ ނެންގެވީ ޑރ. މުއިއްޒެވެ.

އޭގެ އިތުރުން އައްޑޫ ސިޓީގެ މަޖިލިސް މެންބަރުންނާއި, އެ ސިޓީ ކައުންސިލުގެ ވެސް މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ.

އިންތިހާބީ ރައީސް މުއިއްޒު, ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާނީ ނޮވެމްބަރު 17ގަ އެވެ. މިހާރު ކުރިއަށް ދަނީ ސަރުކާރު ބަދަލުވުމުގެ ޓްރާންސިޝަން މަސައްކަތްތަކެވެ.