Advertisement

ކޭންގެ ޖާދުލާ އެކު ބަޔާނަށް ބޮޑު މޮޅެއް

23 ސެޕްޓެންބަރު 2023 - 23:32 0


ކޭންގެ ޖާދުލާ އެކު ބަޔާނަށް ބޮޑު މޮޅެއް

23 ސެޕްޓެންބަރު 2023 - 23:32 0

މިއުނިކް (ސެޕްޓެމްބަރު 23) - ޖަރުމަނު ލީގުގައި މިރޭ ބަޔާން މިއުނިކްގެ އިނގިރޭސި ފޯވާޑް، ހެރީ ކޭން ދެއްކި ތަފާތު މޮޅު ކުޅުމާ އެކު، 7-0 އިން ބޮކުމްގެ މައްޗަށް ކުރިހޯދައިފި އެވެ.

މިއީ، މި ސީޒަނުގައި ޓޮޓެންހަމް ހޮޓްސްޕާސް ދޫކޮށް ބަޔާން އަށް ބަދަލުވި ފަހުން ކޭން އެ ޓީމު ޖޯޒީގައި އެންމެ މޮޅު ކުޅުމެއް ދެއްކި މެޗެެވެ. ކޭން ވަނީ މި މެޗުގައި ތިން ގޯލު ޖަހައި ހެޓްރިކެއް ހެދުމުގެ އިތުރުން ދެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ކޭން މި ވަނީ ޖަރުމަނު ލީގުގައި ކުޅުނު ފަސް މެޗުން ހަތް ގޯލު ޖަހައިފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ބަޔާނުން މި މެޗުގައި ލީޑުނެގީ ހަތަރު ވަނަ މިނިޓްގައި އެރިކް މެެކްސިމް ޗޮޕޫ މޯޓިން ޖެހި ގޯލުންނެވެ. ކޭންގެ ފުރަތަމަ ގޯލުގެ އިތުރުން ދެން ފުރަތަމަ ހާފުގައި ބަޔާނަށް ގޯލު ޖަހައިދިނީ މަތައިސް ޑި ލިޓް އާއި ލެރޯއި ސާނޭ އެވެ. މީގެ ތެރެއިން ސާނޭގެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ކޭން އެވެ.

ދެ ވަނަ ހާފުގައި ކޭން ވަނީ ދެ ގޯލު ޖަހައި ހެޓްރިކް ފުރިހަމަ ކުރުމުގެ އިތުރުން، މަތައިސް ޓެލް ޖެހި ގޯލަށް ފުރުސަތު ތަނަވަސްކޮށްދީފަ އެެވެ. ކޭން ހެޓްރިކް ހެދި ގޯލަށް ފުރުސަތު ހޯދައިިދިނީ ނުސައިރް މަޒްރައޮއީ އެވެ.

ލީގުގައި މިރޭ ލައިޕްޒިގުން ރަށުންބޭރުގައި 1-0 އިން ބޮރޫޝިއާ މުންޗެންގްލަޑްބެކް ބަލިކުރިއިރު، ޑޯޓްމަންޑް ވަނީ 1-0 އިން ވުލްފްސްބާގް ބަލިކޮށްފަ އެވެ.

ފަސް މެޗުން 13 ޕޮއިންޓާ އެކު، ބަޔާން ލީގުގެ އެއް ވަނައިގައި އޮތްއިއިރު، ދެ ވަނައިގައި އޮތީ ފަސް މެޗުން 12 ޕޮއިންޓް ހޯދި ސްޓުޓްގާޓް އެވެ. ތިން ވަނައިގައި އޮތް އާރްބީ ލައިޕްޒިގާއި ހަތަރެއްގައި އޮތް ހޮފެންހައިމް އަށް ވެސް ވަނީ ފަސް މެޗުން 12 ޕޮއިންޓް ލިބިފަ އެވެ. ބޮރޫޝިއާ ޑޯޓްމަންޑް ފަސް ވަނައިގައި އޮތީ ފަސް މެޗުން 11 ޕޮއިންޓާ އެކު އެވެ.