Advertisement

ނިޒާމީ ވޯޓަށް އެމްޑީޕީގެ ބޮޑު ތާއީދެއް، ގަރާރު ބަލައިގަންނަން 21 މެމްބަަރަކު ވޯޓުދިން

19 ސެޕްޓެންބަރު 2023 - 16:40 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ


ނިޒާމީ ވޯޓަށް އެމްޑީޕީގެ ބޮޑު ތާއީދެއް، ގަރާރު ބަލައިގަންނަން 21 މެމްބަަރަކު ވޯޓުދިން

19 ސެޕްޓެންބަރު 2023 - 16:40 1

ރާއްޖޭގެ ވެރިކަން، ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ފެނޭތޯ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލައި ދަ ޑިމޮކްރެޓްސް އިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގަތުމުގައި އެމްޑީޕީން ބޮޑު ތަރުހީބެއް ދީފި އެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި އެ ގަރާރު ބަލައިގަތުމާ މެދު ގޮތެއް ނިންމަން މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވީ 35 މެމްބަރުންނެވެ. އެ ގަރާރު ބަލައިގަންނަން އިއްތިފާގުން ފާސްކުރި އިރު އެމްޑީޕީގެ 21 މެމްބަރަކު އޭގެ ތެރޭގައި ހިމެނިވަޑައިގެންނެވި އެވެ.

ގަރާރު ބަލައިގަންނަން ވޯޓު ދެއްވި އެމްޑީޕީ މެމްބަރުން

  1. ހިތަދޫ އުތުރު ދާއިރާގެ މެމްބަރު (އެމްޑީޕީ ޕީޖީ ލީޑަރު) މުހައްމަދު އަސްލަމް
  2. ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު
  3. މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް
  4. މާފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް އަލީ
  5. ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު
  6. ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު ލަތީފު
  7. ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު
  8. ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު
  9. ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު
  10. ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ
  11. މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫނު
  12. އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން
  13. އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު
  14. ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން
  15. ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން
  16. ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން
  17. އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު
  18. ފުއްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ
  19. ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ
  20. މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު
  21. ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު

ނިޒާމު ބަދަލުކުރުމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނަގަން ފާސްކުރަން މަސައްކަތްކުރާ ގަރާރަށް އެމްޑީޕީގެ މެމްބަރުން އެއްބާރުލުން ދީފައި ވާއިރު، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ދަ ޑިމޮކްރެޓްސްގެ ތާއީދު ކުރުމުގެ ޝަރުތަކަށް ދަ ޑިމޮކްރެޓްސް އިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހެޅި ޝަރުތަކީ ވެސް އެވޯޓު އިންތިޒާމު ކުރުމެވެ. ރައީސް އިއްޔެ ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރަށް ފަހު، ދައުރު ނިމުމުގެ ކުރިން އެވޯޓް ނަަގަން އެއްބަސް ކަަމަށެވެ.

ނިޒާމީ ވޯޓަށް އެމްޑީޕީން އާނބަސް ބުނެފައި ވާއިރު އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވެސް ބުނެފައި އޮތީ އެވޯޓް ނަގަން މަސައްލައެއް ނެތް ކަމަށެވެ.