Advertisement

ރާއްޖޭގެ ސަރަހައްދުން ލަންކާގެ މަަސްބޯޓެއް އަނެއްކާ ވެސް އަތުލައިފި

19 ސެޕްޓެންބަރު 2023 - 13:45 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


ރާއްޖޭގެ ސަރަހައްދުން ލަންކާގެ މަަސްބޯޓެއް އަނެއްކާ ވެސް އަތުލައިފި

19 ސެޕްޓެންބަރު 2023 - 13:45 0

ރާއްޖޭގެ އިގުތިސާދީ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ލަންކާގެ މަސް ބޯޓެއް އަތުލައިގެންފި އެވެެ.

އެމްއެންޑީއެފް އިން ބުނީ އެއީ ސްރީލަންކާގެ މަސްބޯޓެއް ކަމަށާއި، އެ ބޯޓު އަތުލައިގަނެފައި ވަނީ ރޭގެ ވަގުތެއްގައި ރާއްޖޭގެ އުތުރުގެ ސަރަހައްދަކުން ކަމަށެވެ. ކޯސްޓްގާޑު ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ބޯޓު ގެނެސް ކޯސްޓްގާޑުގެ ބެލުމުގެ ދަށުން އެ ބޯޓު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.

މިއީ ފާއިތުވި ދެ ދުވަސްތެރޭ ކޯސްޓުގާޑުން އަތުލައިގަތް ލަންކާގެ ފަސް ވަނަ ބޯޓެވެ. އިއްޔެވެސް ރާއްޖޭގެ ސަރަހައްދުގައި ގާނޫނާއި ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ލަންކާގެ ހަތަރު މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑް ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި އެ ބޯޓުތައް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އދ. މަހިބަދޫ "އަސުރުމާ" މަސްދޯނީގެ ފަރާތުން ފޯރުކޮށްދިން މައުލޫމާތުގެ އެހީގައި ހިންގި އޮޕަރޭޝަނެއްގަ އެވެ.