Advertisement

ހުލާސާކޮށް އިއްޔެ: އެއްބަސްވުންތައް ހާމަކުރުމާމެދު ޕީޕީއެމް/ޕީއެންސީގެ ވިސްނުން

19 ސެޕްޓެންބަރު 2023 - 06:36 0

އެމްއެންޑީއެފުން ދުއްވާ ހެލިކޮޕްޓަރު -- ފޮޓޯ: އެމްއެންޑީއެފް


ހުލާސާކޮށް އިއްޔެ: އެއްބަސްވުންތައް ހާމަކުރުމާމެދު ޕީޕީއެމް/ޕީއެންސީގެ ވިސްނުން

19 ސެޕްޓެންބަރު 2023 - 06:36 0

މި މަހު 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބުކުރައްވައިފި ނަމަ އުފެދޭ ސަރުކާރެއްގައި ރާއްޖެ އާއި ބޭރުގެ ގައުމުތަކާ އެކު ހެދިފައިވާ އެއްބަސްވުންތައް ގާނޫނު ތަންދޭ މިންވަރަކުން ހާމަކުރާނެ ކަމަށް މުއިއްޒުގެ ކެމްޕޭން ތަރުޖަމާނު މުހައްމަދު ތޮލާލު އިއްޔެ ވިދާޅުވި އެވެ.

މި ސަރުކާރުން ޑިފެންސް ކޯޕަރޭޝަންގެ އެއްބަސްވުންތައް ހާމަނުކުރާތީ އެކަމަށް މުއިއްޒު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ނަމަވެސް، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" އިން ކުރި ސުވާލަށް ޖަވާބުދެއްވަމުން ތޮލާލު ވިދާޅުވީ، މުއިއްޒުގެ ވެރިކަމެއްގައި އެންމެ ފުރަތަމަ ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތައް ބަލައި ދިރާސާކޮށް އާންމުކުރުން ހިމެނޭނެ ކަމަށެވެ.

"އާންމުކުރުމޭ މި ދަންނަވަނީ، ގާނޫނީ ގޮތުން އެނގެންޖެހޭ ފަރާތްތަކަށް އެބަ އެނގެންޖެހޭ މިސާލަކަށް ރައްޔިތުންގެ މަޖިލީހަށްވެސް [އެއްބަސްވުންތައް] މި އޮންނަނީ ސިއްރުކޮށްފަ، ރައްޔިތުންނަށް ހާމަކުރަންޖެހޭ ހުރިހާ ކަމެއް ހާމަކުރާނަން، މަޖިލީހަށް ހާމަކުރަންޖެހޭ ކަންކަން މަޖިލީހަށް ފޮނުވާނަން،" އޭނާ ވިދާޅުވި އެވެ.

ތޮލާލު ވިދާޅުވީ، އެއްބަސްވުންތައް އާންމުކުރާނީ ގާނޫނީ އިމުގެ މަތިން ޖާގަ ލިބޭ މިންވަރަކުން ކަމަށެވެ.

އިދިކޮޅުން ހާމަކުރުމަށް އެންމެ ބޮޑަށް އެދޭ އެއްބަސްވުންތަކަކީ އުތުރު ތިލަފަޅު ތަރައްގީކުރަން އިންޑިއާއާއެކު ހެދި އެއްބަސްވުމާއި، ހަނިމާދޫ އެއާޕޯޓު ތަރައްގީކުރަން ހެދި އެއްބަސްވުމާއި، އައްޑޫގައި ޕޮލިސް އެކަޑަމީ ހެދުމަށް އިންޑިއާއާއެކު ވެވުނު އެއްބަސްވުމާއި، އިންޑިއާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓާރާއި ޑޯނިއާ މަތިންދާ ބޯޓުގެ އެއްބަސްވުމެވެ.

ސަރުކާރުން ބުނަނީ އޭގެ ތެރެއިން ގިނަ އެއްބަސްވުންތަކަކީ ގައުމީ ސަލާމަތާ ގުޅުންހުރި ތަކެތި ކަމަށެވެ. އަދި އަޝްކަރީ ބޭނުމެއްގައި އިންޑިއާ ސިފައިން ނުތިބޭނެ ކަމުގެ ޔަގީންކަންވެސް ސަރުކާރުން ތަކުރާރުކޮށް ދަނީ ދެމުންނެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ފޮޓޯ

މާފަންނުގައި ރޭ ބޭއްވި ކެމްޕޭނު ޖަލްސާގައި ރައީސް ސޯލިހު. އެ ޖަލްސާގައި އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި -- ފޮޓޯ: އެމްޑީޕީ