Advertisement

ބައެއް ޓީވީ ޕްރެޒެންޓަރުން ބޮއިކޮޓް ކުރަން އިންޑިއާގެ އިދިކޮޅުން ނިންމައިފި

18 ސެޕްޓެންބަރު 2023 - 08:27 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ.


ބައެއް ޓީވީ ޕްރެޒެންޓަރުން ބޮއިކޮޓް ކުރަން އިންޑިއާގެ އިދިކޮޅުން ނިންމައިފި

18 ސެޕްޓެންބަރު 2023 - 08:27 0

ވަކި ފަރާތަކަށް ބުރަވެ މަސައްކަތް ކުރުމާއި ނަފުރަތު ފެތުރުމުގެ ތުހުމަތުގައި އިންޑިއާގެ ބައެއް ޓީވީ ޕްރެޒެންޓަރުން ބޮއިކޮޓް ކުރަން އެ ގައުމުގެ އިދިކޮޅު ޕާޓީތަކުން ނިންމައިފި އެވެ.

ބަރަތިޔަ ޖަނަތަ ޕާޓީއިން (ބީޖޭޕީ) 2014 ވަނަ އަހަރު ވެރިކަމަށް އައި ފަހުން ނޫސްވެރިކަމުގެ މިނިވަންކަން ނެތިދާ ކަމަށް ބުނެ އެކްޓިވިސްޓުންނާއި ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕްތަކުން މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އިދިކޮޅު ސިޔާސީ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ޓީވީ ޗެނަލްތަކުން ދައްކަނީ ބީޖޭޕީގެ އެޖެންޑާ ފެތުރުމަށް ހާއްސަ ޕްރޮގްރާމްތަކެވެ. އެގޮތުން މުސްލިމުންނާއި ނަސާރާއިންނާ މެދު ތަފާތު ކުރުމަށް ހިތްވަރުދޭ ފަދަ ޕްރޮގްރާމްތައް ދައްކާ ކަމަށް އެ މީހުން ތުހުމަތުކުރެ އެވެ.

ކޮންގްރެސް ޕާޓީގެ ތަރުޖަމާނު ޕަވަން ހެރާ ނެރުނު ވީޑިއޯ ބަޔާނެއްގައި ބުނީ މުޖުތަމައުގައި ނަފުރަތު އުފައްދަމުންދާ ކަންކަމުގައި ބައިވެރިވާން ބޭނުން ނުވާ ކަމަށެވެ.

ކޮންގްރެސް ޕާޓީއާ އެކު ގިނަ އަދަދެއްގެ އިދިކޮޅު ޕާޓީތަކުން ވަނީ ކޯލިޝަން ހަދައިފަ އެވެ. އެއީ އަންނަ އަހަރުގެ އާއްމު އިންތިހާބުގައި ބީޖޭޕީ ބަލިކުރުމަށް މަސައްކަތް ކުރުމުގެ ގޮތުންނެވެ.

އެހެން ނަމަވެސް ބެލެވޭ ގޮތުގައި މޮޅުވާނީ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ބީޖޭޕީ އެވެ.

އިދިކޮޅުން ބުނީ 14 ޕްރެޒެންޓަރަކު ގެނެސްދޭ އެއްވެސް ޓީވީ ޕްރޮގްރާމެއްގައި އިދިކޮޅު ބައިވެރިނުވާނެ ކަމަށެވެ. އޭގެ ތެރޭގައި އިންޑިއާގެ މަގްބޫލް ބައެއް ޓީވީ ޝަހުސިއްޔަތުން ހިމެނެ އެވެ.

މޯދީގެ ވެރިކަމުގައި ނޫސްވެރިކަމުގެ އިންޑެކްސްގައި އިންޑިއާ ވަނީ 21 ދަރަޖަ ފަހަތަށް ވެއްޓިފަ އެވެ. އިންޑިއާ މިހާރު ހިމެނެނީ 180 ގައުމުގެ ތެރެއިން 161 ވަނައިގަ އެވެ.