13 ސެޕްޓެންބަރު 2023 - 10:29 0
މުހައްމަދު ނަސީމް
ރައްޔިތުުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
13 ސެޕްޓެންބަރު 2023 - 10:29 0
އިންތިހާބުތަކަށް ސަރުކާރުން ނާޖާއިޒު ނުފޫޒާއި ބާރު ފޯރުވާ ކަމަށް ތުހުމަތުކޮށް، އެ ކަން ހުއްޓައިލަން ގޮވާލައި މިދިޔަ މާޗްމަހު ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުދު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ މަޖިލީހަށް ހުށަހެޅުއްވި ގަރާރުގެ ބަހުސް މިއަދު ފަށައިފި އެވެ.
މާޗް 13، ގައި އިމްތިޔާޒް ހުށަހެޅުއްވި އެ ގަރާރުގައި ތުހުމަތުކުރެެއްވި ގޮތުގައި އިންތިހާބުތަކާ ދިމާކޮށް މަޝްރޫއުތަކާއި އެސްއެމްއީ ލޯނުތައް އިއުލާނުކުރުމާއި ސަރުކާރުގެ ކެންޑިޑޭޓަށް ވޯޓުނުދީފި ނަމަ މަޝްރޫއުތައް ހުއްޓައިލާނެކަމަށް ދޭހަވާ މޭރުމުން ކެމްޕެއިންތަކުގައި އިންޒާރު ދިނުން ފަދަ ކަންތައްތައް ސަރުކާރުން ކުރެ އެވެ. ސަރުކާރުގެ ކެންޑިޑޭޓަށް ތާއީދުކޮށް ކެމްޕެއިންކުރަން ސިޔާސީ މުވައްޒަފުންނަށް މަޖުބޫރުކޮށް، އެގޮތަށް ކަންތައް ނުކޮށްފި ނަމަ މަގާމުގައި ދެމިނުހުރެވޭނެ ކަމުގެ އިންޒާރު ދޭ ކަމަށް ވެސް ގަރާރުގައި އޭނާ ތުހުމަތު ކުރެއްވި އެވެ.
"...އެކަންކަމުގެ ސަބަބުން އިންތިހާބުތަކުގެ ސައްހަކަން ގެއްލި، އިތުބާރުކުޑަވެގެން ދިއުމާއި ރާއްޖޭގެ ޑިމޮކްރަސީއަށް ގެއްލުން ލިބޭ ކަމަކަށް އެކަން ވާތީ އިންތިހާބުތަކަށް ނާޖާއިޒު ނުފޫޒާއި ބާރު ފޯރުވުން ސަރުކާރުން ހުއްޓައިލުމަށާއި އިންތިހާބުތައް އިންސާފުވެރިކުރުމަށާއި މިނިވަންކުރުމަށް ވެފައިވާ ވައުދާ އެއްގޮތަށް ސަރުކާރުން ކަންކަން ތަންފީޒުކޮށް މަގުފަހިކުރުމަށާއި އެކަމުގައި ސާފު ސިސާތެއް ސަރުކާރުން ގެންގުޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 167 ވަނަ މާއްދާގެ ދަށުން މި ގަރާރު ހުށަހަޅަމެވެ،" އިމްތިޔާޒު ހުށަހެޅުއްވި ގަރާރުގައި ވިދާޅުވި އެވެ.
އެ ގަރާރަށް މަޖިލީހުގައި މިއަދު ކުރި ބަހުސްގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ މެމްބަރުން ތުހުމަތުކުރެއްވި ގޮތުގައި ގަރާރުގައި ބުނާ ފަދަ ނުފޫޒުތައް އިންތިހާބުތަކަށް ފޯރުވީ ކުރީގެ ސަރުކާރުތަކުންނެވެ. ރާއްޖޭގައި މިނިވަން ކަމާ އެކު އިންތިހާބުތައް ބޭއްވެނީ އެމްޑީޕީ ވެރިކަމުގައި އޮންނަ އިރު ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.
"ރާއްޖޭގެ އިންތިހާބުތައް މިނިވަންކަމާ އެެއްކޮށް ބޭއްވިގެން ދަނީ އަބަދުވެސް އެމްޑީޕީގެ ބާރުހިނގާ ވެރިކަމެއްގައި. މިއީ ހަގީގަތް،" މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވި އެވެ.
ގަރާރުގެ ބަހުސްގައި އިދިކޮޅު މެމްބަރުން ސަަރުކާރަށް ބޮޑެތި ތުހުމަތުތައް ކުރި އެވެ. ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބަށް ކެމްޕެއިންކުރަން ބައެއް ކުންފުނިތަކުގެ އިދާރާތައް ކެމްޕެއިން ޖަގަހަތަަކަށް ބަދަލުކުރި ކަމަށް ބައެއް މެމްބަރުން ތުހުމަތުކުރެއްވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment