Advertisement

އޮގަސްޓު މަހު އާމްދަނީގެ ގޮތުގައި މީރާއަށް 1.6 ބިލިއަން ރުފިޔާ

12 ސެޕްޓެންބަރު 2023 - 14:57 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


އޮގަސްޓު މަހު އާމްދަނީގެ ގޮތުގައި މީރާއަށް 1.6 ބިލިއަން ރުފިޔާ

12 ސެޕްޓެންބަރު 2023 - 14:57 0

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ މަހު އާމްދަނީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ބަލައިގެންފި އެވެ.

މީރާ އިން މިއަދު އާއްމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިއީ އެ އިދާރާއިން އަންދާޒާކުރި ވަރަށްވުރެ 7.7 ދަށް އަދަދެކެވެ. ނަަމަވެސް މިދިޔަ މަހު މީރާއަށް ލިބުނު 1.6 ބިލިއަން ރުފިޔާގެ އާމްދަނީ އަކީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާ ބަލާއިރު 17.3 ޕަސެންޓް އިތުރު އަދަދެެކެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މަހު މީރާއަށް 62 މިލިއަން ޑޮލަރު ވަނީ ބަލައިގެންފަ އެވެ. މިއީ އަންދާޒާއަށްވުރެ 21 ޕަސެންޓު އިތުރު އަަދަދެކެވެ. މީރާއިން ބުނީ ޑޮލަރުން ލިބުނު އާމްދަނީ އިތުރުވެފައިވަނީ މިދިޔަ މަހު ޖީއެސްޓީ އާއި ރިސޯޓު ކުލި އަދި އެއާޕޯޓް ޓެކުހާއި ފީން ލިބުނު އާމްދަނީ އިތުރުވުމުންނެވެ.

މީރާއަށް މިދިޔަ މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ޖީއެސްޓީ އެވެ. ޖީއެސްޓީން ލިބުނު އާމްދަނީ 943 މިލިއަން ރުފިޔާ އަށް އަރާއިރު އެއީ އެ މަހު ލިބުނު ޖުމްލަ އާމްދަނީގެ 59.12 ޕަސެންޓެެވެ.

ދެވަނައަށް އެއްމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެގޮތުން އިންކަމް ޓެކުހަށް 189 މިލިއަން ރުފިޔާ ލިބިފައިވާއިރު ޑިޕާޗާ ޓެކުހުގެ ގޮތުގައި 87.7 މިލިއަން އަދި ގްރީން ޓެކުހުގެ ގޮތުގައި 69.5 މިލިއަން ރުފިޔާ ވަނީ ބަލައިގެންފަ އެވެ.

ޓެކްސް ނޫން އާމްދަނީގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 90 މިލިއަން ރުފިޔާ، ޓޫރިޒަމް ލޭންޑް ކުލީގެ ގޮތުގައި 51 މިލިއަން ރުފިޔާ، ވޯކްޕާމިޓް ފީއަށް 46 މިލިއަން އަދި ކޯޓާ ފީގެ ގޮތުގައި 27 މިލިއަން ރުފިޔާ މީރާއަށް މިދިޔަ މަހު ވަނީ ލިބިފަ އެވެ.