Advertisement

މަނާބޭހުގެ މައްސަލައެއްގައި ޕޮގްބާ އަށް ސަސްޕެންޝަނެއް

12 ސެޕްޓެންބަރު 2023 - 10:14 0


މަނާބޭހުގެ މައްސަލައެއްގައި ޕޮގްބާ އަށް ސަސްޕެންޝަނެއް

12 ސެޕްޓެންބަރު 2023 - 10:14 0

ޓިއުރިން (ސެޕްޓެމްބަރު 12) - މަނާބޭހުގެ ގޮތުގައި ލިސްޓުކޮށްފައިވާ ބޭހެއް ބޭނުންކޮށްފައިވާތީ ޔުވެންޓަސް އަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ސަސްޕެންޑްކޮށްފި އެވެ.

މި މަހު 20 ވަނަ ދުވަހު ޔުވެންޓަސް އިން އުދިނޭޒީއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު، ޕޮގްބާ ވަނީ ޑޯޕިން ޓެސްޓެއް ކޮށްފަ އެވެ. އެ ޓެސްޓްގެ ނަތީޖާގެ ރިޕޯޓްތައް ބެލުމަށް ފަހު، އިޓަލީގެ އެންޓި ޑޯޕިން އެޖެންސީ (ނާޑޯ) އިން ބުނެފައިވަނީ މަނާބޭހުގެ ގޮތުގައި ލިސްޓުކޮށްފައިވާ ބޭހެއް ބޭނުންކޮށްފައިވާކަން ޕޮގްބާގެ ސާމްޕަލުން އެނގޭ ކަމަށެެވެ.

އެ މެޗުގައި ޕޮގްބާ، 30 ކުޅެފައިނުވި ނަަމަވެސް ނާޑޯ އިން ރޭންޑަމް ޓެސްޓަކަށް ޕޮގްބާ ނަގަން ނިންމީ އެވެ. ނާޑޯ އިން ޕޮގްބާގެ ޓެސްޓްގެ އިތުރު ކަންކަން ބެލުމަށް ފަހު، އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނަށް ރިޕޯޓެއް ހުށަހަޅާނެ އެވެ. މި ކަމުގައި ޕޮގްބާގެ ކުށެއް އޮތް ކަމަށް ސާބިތުވެއްޖެނަމަ އޭނާ އަށް ދެ އަހަރުގެ ސަސްޕެންޝަނެއް އައުމުގެ ފުރުސަތު އެބައޮތެވެ.

ޔުވެންޓަސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕޮގްބާގެ މި ރިޕޯޓާ ގުޅިގެން ކްލަބުން ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ.

ހިލޭ ޓްރާންސްފާއެއްގައި މިދިޔަ އަަހަރު ޕޮގްބާ އަލުން ޔުވެންޓަސް އަށް ބަދަލުވީ ހަތަރު އަހަރުގެ ޑީލެއްގަ އެވެ. އެކަމަކު، މިދިޔަ ސީޒަނުގައި ލިބުނު އަނިޔާގެ ސަބަބުން ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުރުމަށް ފަހު، މި ސީޒަނުގައި އެނބުރި އައިސް މިހާތަނަށް ޖުމްލަ އެކު ކުޅެފައިވަނީ ދެ މެޗުގައި އެއްކޮށް، 51 މިނިޓެވެ. އެއީ ޔުވެންޓަސް އިން ބޮލޯނިއާ އާއި އެމްޕޮލީއާ ބައްދަލުކުރި މެޗުތަކުގަ އެވެ.