Advertisement

އައްޑޫއިން 4،052 ގޯތި ދޫކުރަން ނިންމާ ދާއިމީ ލިސްޓު އާންމުކޮށްފި

6 ސެޕްޓެންބަރު 2023 - 12:18 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އައްޑޫ ސިޓީ : އައްޑޫއިން 4،052 ގޯތި ދޫކުރަން ނިންމާ ދާއިމީ ލިސްޓު އާންމުކޮށްފި - ފޮޓޯ: އަހުމަދު ރަޝީދު


އައްޑޫއިން 4،052 ގޯތި ދޫކުރަން ނިންމާ ދާއިމީ ލިސްޓު އާންމުކޮށްފި

6 ސެޕްޓެންބަރު 2023 - 12:18 0

އައްޑޫ ސިޓީން ޖުމްލަ 4،052 ގޯތި ދޫކުރަން ނިންމާ ޝަރުތުހަމަވާ މީހުންގެ ދާއިމީ ލިސްޓު އެ ސިޓީގެ ކައުންސިލުން އާންމުކޮށްފި އެވެ.

އައްޑޫ ގައި ބޯހިޔާވަހިކަމުގެ ބޭނުމަށް ދޫކުރާ ބިންތަކަށް ޝަރުތު ހަމަވީ އެންމެނަށް ގޯތި ދޭން ނިންމާފައިވާ ކަމަށް މޭޔަރު މުހައްމަދު ނިޒާރު އިއުލާންކުރެއްވީ މިދިޔަ މަހުގެ 16 ގަ އެވެ. އެ ނިންމެވުމާ ގުޅިގެން އިއްޔެ އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ޝަރުތު ހަމަވާ 4،052 މީހުންނަށް ގޯތި ދޭނީ މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ.

އައްޑޫން ފުރަތަމަ މަރުހަލާގައި ދޫކުރާނީ 1،000 ގޯއްޗެވެ. އެއީ ހިތަދޫއިން 500ގޯތި، ފޭދޫއިން 300ގޯތި، ހުޅުދޫއިން 100ގޯތި، އަދި މީދޫއިން 100ގޯތި އެވެ. ހިތަދޫއާއި ފޭދޫއިން ދޫކުރަނީ 1،500 އަކަ ފުޓޫގެ ގޯއްޗެވެ. ހުޅުދޫ އަދި މީދޫއިން ދޫކުރަނީ 2،000 އަކަ ފޫޓުގެ ގޯއްޗެވެ.

ގޯތި ލިބޭ މީހުންގެ އަދަދުތައް

ކެޓަގަރީ އޭ:

ހިތަދޫ: 2،145 މީހުން

ފޭދޫ: 860 މީހުން

ހުޅުދޫ: 231 މީހުން

މީދޫ: 271 މީހުން

ކެޓަގަރީ ބީ:

ހިތަދޫ: 295 މީހުން

ފޭދޫ: 179 މީހުން

ހުޅުދޫ: 37 މީހުން

މީދޫ: 34 މީހުން

ފުރަތަމަ ދޫކުރާ 1،000 ގޯތި ދޫކުރުމަށް ޓަކައި ކުރަން ޖެހޭ އިދާރީ މަސައްކަތްތައް އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމައި ޑިސެމްބަރުމަސް ނިމުމުގެކުރިން އެ ގޯތިތައް ދޭނެކަމަށް ކަމަށްވެސް ސިޓީ ކައުންސިލްގެ އިއުލާނުގައި ބުންޏެވެ.

ސިޓީ ކައުންސިލުން ބުނީ އެ 1،000 މީހުން ފިޔަވާ ލިސްޓުގައި ހިމެނޭ އެހެން ފަރާތްތަކަށް ގޯތި ދިނުމަށް ހަމަޖެހިފައިވަނީ އައްޑޫގެ ރަށްތަކަށް އިތުރުކުރެވުނު ބިންތަކުގެ ލޭންޑްޔޫޒް ޕްލޭންހަދައި ސާވޭގެ މަސައްކަތް ފުރިހަމަ ކުރުމަށްފަހުގައި ކަމަށާއި އެ ގޯތިތައް 2024، ޖޫން ގެ ނިޔަލަށް ދޫކުރާނެ ކަމަށެވެ.

އައްޑޫން އެންމެ ފަހުން ގޯތި ދޫކޮށްފައި ވަނީ 2002 ވަނަ އަހަރެވެ. އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި މިއާއެކު އައްޑޫގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ އެވެ.