Advertisement

ދުނިޔޭގެ ކަނޑުތަކުން އަހަރަކު ހަ ބިލިއަން ޓަނުގެ ވެލި ނަގާ: އދ.

6 ސެޕްޓެންބަރު 2023 - 11:23 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކަނޑުން ވެލި ނެގުމާ ގުޅޭ ޑޭޓާ ޕްލެޓްފޯމެއް އދ. އިން ވަނީ ލޯންޗުކޮށްފައި. -- ފޮޓޯ: އޭއެފްޕީ


ދުނިޔޭގެ ކަނޑުތަކުން އަހަރަކު ހަ ބިލިއަން ޓަނުގެ ވެލި ނަގާ: އދ.

6 ސެޕްޓެންބަރު 2023 - 11:23 0

ކޮންމެ އަހަރަކު ދުނިޔޭގެ ކަނޑުތަކުން ހަ ބިލިއަން ޓަނުގެ ވެލި ނަގާ ކަމަށް އދ. އިން ބުނެފި އެވެ.

ކަނޑުގެ ދިރުންތައް އުޅޭ މާހައުލުން ވެލި ނެގުމާ ގުޅޭ ޑޭޓާ ޕްލެޓްފޯމް ލޯންޗުކުރުމަަށް ފަހު އދ. ގެ ތިމާވެއްޓާ ބެހޭ ޕްރޮގްރާމް (ޔުނެޕް) އިން ބުނީ ކަނޑުން ވެލި ނެގުން އިތުރުވުމުން ނަތީޖާ ގޯސްވެދާނެ ކަމަށެވެ.

އެގޮތުން ބަޔޯޑައިވާސިޓީއަށް އަސަރު ކުރުމާއި ފެން ނުސާފުވުމާއި ކަނޑުގައި އުޅޭ ޖަނާވަރުތަކަށް އަޑުތަކުގެ އުނދަގޫވުން ފަދަ ކަންކަން ޔުނެޕްގެ އެނެލިޓިކްސް ސެންޓަރުގެ ވެރިޔާ ޕަސްކަލް ޕެޑުޒީ ފާހަގަކުރެއްވި އެވެ.

އދ. އިން ލޯންޗުކުރި "މެރީން ސޭންޑް ވޮޗް" ޑޭޓާ ޕްލެފޯމުން އާޓިފިޝިލް އިންޓެލިޖެންސްގެ އެހީގައި ކަނޑުތަކުން ވެއްޔާއި ޗަކަ، ގާ އަދި އެފަދަ އެހެން ތަކެތި ނެގުން ޓްރެކްކޮކް މޮނީޓާ ކުރެވޭނެ އެވެ.

"އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް" ގެ ދަށުން ބޯޓުތަކުން ސިގްނަލް ލިބޭނެ ކަމަށް އދ. އިން ބުނެ އެވެ. އެކަމަކު މިހާތަނަށް ލިބެމުންދަނީ 50 ޕަސެންޓު ބޯޓުގެ ސިގްނަލެވެ.

އެ ޕްލެޓްފޯމް ލަފާކުރާ ގޮތުގައި އިންސާނުން ކޮންމެ އަހަރަކު ބޭނުންކުރާ 50 ބިލިއަން ޓަނުގެ ވެލީގެ ތެރެއިން ހަތަރު ބިލިއަނާއި އަށް ބިލިއަން ޓަންގެ އަދަދެއް ހޯދަނީ ކަނޑުންނެވެ.

އިމާރާތް ކުރުމާއި ތަރައްގީގެ ގިނަ މަޝްރޫއުތަކާއި ސޯލާ ޕެނަލާއި ބިއްލޫރި ފަދަ މުހިއްމު ތަކެތި އުފެއްދުމަށް ވެސް ވެލި ބޭނުންވެ އެވެ.

އެންމެ ގިނައިން ވެލި ނަގާ ސަރަހައްދުތަކުގެ ގޮތުގައި ފާހަގަވެފައި ވަނީ ދުނިޔޭގެ އުތުރު ކަނޑާއި ދެކުނު އިރުމަތީ އޭޝިއާ އާއި އެމެރިކާގެ އިރުމަތީ އައްސޭރިފަށެވެ.

ވެލި ނެގުމަށް ހާއްސަ އެންމެ ބޮޑު ބޯޓުތައް ގެންގުޅޭ ގައުމުތަކަކީ ޗައިނާ، ނެދަލޭންޑްސް، އެމެރިކާ އަދި ބެލްޖިއަމް އެވެ.