4 ސެޕްޓެންބަރު 2023 - 08:54 1
މަރިޔަމް އަފާ ނިޒާމް
ރަސްދޫގައި 50 ރޯހައުސް އެޅުމުގެ މަސައްކަތް އެސްޖޭއާ ހަވާލުކުރުން -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
4 ސެޕްޓެންބަރު 2023 - 08:54 1
އއ. ރަސްދޫގައި 50 ރޯހައުސް އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ.
މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން ޑިޕާޓްމެންޓު ޑިރެކްޓަރު އަހުމަދު ވިޝާން ނަސީމެވެ. އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ މުހައްމަދު ޝާހިދެވެ.
މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން ހަދާ ހައުސިން ޔުނިޓެއްގައި 1،000 އަކަފޫޓު ހުންނާނެ ކަމަށެވެ. އަދި ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯ ރޫމެއް ހުންނާނެ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތު ދެ އެވެ.
އަދި އެ ސަރަހައްދުގައި ޕާކަކާއި ވެހިކަލް ޕާކިން ޒޯނެއް ހެދުމަށް ހަމަޖެހިފައިވެ އެވެ.
މި މަސައްކަތް އެ ކުންފުންޏަށް ހަވާލު ކޮށްފައިވަނީ 84،218،400.00ރ. އަށް 270 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ސީގަލް އޮން އެއަރ
over 1 year ago
އިންތިހާބަށް ކުޑަދުވަސްކޮޅެއް ވެފައިވަނިކޮށް ... އަވަސްއަރުވާލާފައި ތިޔަކުރާމަސައްކަތަކީ ކަރަޕްޝަންގެ މަސައްކަތެއް. ރައްޔިތުންނަށް ހެޔޮއެދިގެން ކުރާމަސައްކަތް ކުރާނީ 5 އަހަރުގެ ޓާމް ނިމެންވާއިރަށް މަސައްކަތް އެއްކޮށްނިމި މީހުން ތަނަށްވެދެވެންޖެހޭނެ.
Comment