Advertisement

ހުލާސާކޮށް އިއްޔެ: ޝާހިދަށް އޮތީ ހަނިމާދޫ އެއާޕޯޓު ހުއްޓުވަފާނެ ކަމުގެ ބިރު!

4 ސެޕްޓެންބަރު 2023 - 07:11 0

ހަނިމާދޫ އެއާޕޯޓު. -- ފޮޓޯ:ރީޖަނަލް އެއާޕޯޓްސް


ހުލާސާކޮށް އިއްޔެ: ޝާހިދަށް އޮތީ ހަނިމާދޫ އެއާޕޯޓު ހުއްޓުވަފާނެ ކަމުގެ ބިރު!

4 ސެޕްޓެންބަރު 2023 - 07:11 0

ވާދަވެރި ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ލިބިވަޑައިގެންފި ނަމަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއު ހުއްޓުވާލާނެ ކަމަށް އެމްޑީޕީގެ ބޮޑުތިލަދުންމަތީ ކޯޑިނޭޓަރު އަދި ފޮރިން މިނިސްޓަރި އަބްދުالله ޝާހިދު ވިދާޅުވެއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިންކުރަން ހދ.މަކުނުދޫގައި ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ ހަނިމާދޫ އެއާޕޯޓަށް 1.5 މިލިއަން ފަތުރުވެރިން އައުމުން އޭގެ ހިއްސާ މަކުނުދުއަށް ވެސް ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ މަކުނުދޫ އާރޯވެ ތާޒާވެގެން ގޮސް ތަރައްގީގެ އާ އުސްމިންތަކަކަށް ދާތަން ފެނިގެން ދާނެ ކަމަށެވެ.

އެ މޭރުމުން ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވި ގޮތުގައި ކަންބޮޑުވާން ޖެހެނީ އެންމެ ކަމަކާ އެވެ. އެއީ ވާދަވެރި ކެންޑިޑޭޓް މުއިއްޒަށް ވެރިކަން ލިބި, ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއު ހުއްޓުވާނެ ކަމުގެ ކަންބޮޑުވުން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ އިދިކޮޅު ކެންޑިޑޭޓުގެ ވިސްނުން ހުރީކީ ހަނިމާދޫ އެއާޕޯޓުގެ ޕްރޮޖެކްޓު ކުރިއަށް ގެންދާ ގޮތަކަށް ނޫން. އަޅުގަނޑުމެންނަށް އެކަމުގެ މައުލޫމާތުތައް ލިބެމުން ދަނީ." ޝާހިދު ވިދާޅުވި އެވެ.

މި ވާހަކަ ޝާހިދު ކުރިން ވެސް ވިދާޅުވި އެވެ. ޝާހިދުގެ އެ ވާހަކަ މުއިއްޒު ދޮގު ކުރައްވާފައިވެ އެވެ. ނަމަވެސް އެމްޑީޕީގެ ސަޕޯޓަރުން ގެންދަނީ މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި އެގޮތަށް ކޮށްފައިވާ ބައެއް ކަންކަމުގެ މިސާލު ދައްކައި ފާޑު ކިޔަމުންނެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

ކުރިއަށް އޮތް އިންތިހާބުގައި ވާދަ ކުރައްވާ ބައެއް ކެންޑިޑޭޓުންނާމެދު ވިސްނުވުމަށް އިލްތިމާސް ކުރައްވާ ރައީސް ވިދާޅުވީ ބައެއް ކެންޑިޑޭޓުންނަކީ އަނިޔާވެރިކޮށް ވެރިކަން ހިންގި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ނުވަތަ އެ ސަރުކާރުގެ ނުފޫޒުގަދަ ބޭފުޅުން ކަމަށެވެ.

މިއަދު އެ ބޭފުޅުން އަނިޔާވެރިކަން ނައްތާލަންށޭ ބޭނުންވަނީ ކިޔާފައި ނިކުމެއްޖިއްޔާ އެކަން ވެގެންދާނީ އަޅުގަނޑުމެން އެންމެން ގެންގޮސް ހިފާ ހައްޔަރުކޮށްގެން ޖަލަށްލުން."

ދުވަހުގެ ފޮޓޯ

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ރޭ އައްޑޫ ސިޓީއަށް ވަޑައިގަތުމުން އޭނާ އަށް މަރުހަބާ ކިޔަން ގިނަ ބަޔަކު ނުކުތް. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު