Advertisement

މުއިއްޒުގެ އެކައުންޓަށް ޖަމާވެފައިވާ އެއް މިލިއަން ރުފިޔާއަކީ ސަން ސިޔާމްގެ އެހީއެއް: ތޮލާލު

2 ސެޕްޓެންބަރު 2023 - 20:18 7

އަހުމަދު އާއިދު

އަހުމަދު އާއިދު

ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


މުއިއްޒުގެ އެކައުންޓަށް ޖަމާވެފައިވާ އެއް މިލިއަން ރުފިޔާއަކީ ސަން ސިޔާމްގެ އެހީއެއް: ތޮލާލު

2 ސެޕްޓެންބަރު 2023 - 20:18 7

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި، އޭރުގެ ހައުސިން މިނިސްޓަރަކަށް ހުންނެވި، ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އަށް އެއް މިލިއަން ރުފިޔާގެ އެހީއެއް ދެއްވި ކަމަށް މުއިއްޒުގެ ކެމްޕޭން ތަރުޖަމާނު މުހައްމަދު ތޮލާލު މިއަދު ވިދާޅުވެއްޖެ އެވެ.

"އަދަދު" ނޫހުގައި "ބިދޭސީ ކުންފުނިތަކަކުން މުއިއްޒުގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ!" މި ސުރުހީގެ ދަށުން ލިޔެފައިވާ ހަބަރާ ގުޅިގެން ޕީޕީއެމްގެ މީޑިއާ ގްރޫޕުގައި، އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައިވެސް ހުންނެވި ތޮލާލް ވިދާޅުވީ އޮކްޓޯބަރު 20، 2015 ގައި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ދެއްވި އެހީއެއް ކަމަށެވެ.

"އެއީ ސަން ސިޔާމް ދެއްވި އެހީއެއް ކަމަށް ކެންޑިޑޭޓު ވިދާޅުވީ، ރޯ ހައުސްގެ ޑައުން ޕޭމަންޓު ދެއްކުމަށް ދަތިވެގެން [ދިން އެހީއެއް]،" މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން، 2015 ގެ ފަހުން މުއިއްޒުގެ އެކައުންޓަށް ބޭރު ކުންފުނިތަކުން ވަދެފައިވާ ފައިސާއަކީ ހުޅުމާލޭގައި ހުންނަ މުއިއްޒުގެ ރޯހައުސްގެ ކުލީގެ ގޮތުގައި ލިބިފައިވާ ފައިސާ ކަމަށް ވެސް ތޮލާލު ވަނީ ވިދާޅުވެފަ އެވެ.

ލިޔުންތަކުން ދައްކާ ގޮތުން އެ އެއް މިލިއަން ރުފިޔާ އަކީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔެއްގެ ކުންފުންޏަކުން މުސާރައިގެ ގޮތުގައި މުއިއްޒުގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާ އެވެ. ނަމަވެސް މުސާރަ ލިބެންވީ ކީއްވެގެން ކަމެއް ނޭނގެ އެވެ.

ތޮލާލް ވިދާޅުވީ މުއިއްޒު ގެންދަވަނީ އިންކަމް ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ވެސް ބަރާބަރަށް ދައްކަވަމުން ކަމަށާއި ސިއްރުކުރަން ޖެހޭ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.

ހައުސިން މިނިސްޓަރު ކަމަށް ހުންނެވިއިރު 2015 އިން ފެށިގެން ނޮވެމްބަރު، 2018 ގެ ނިޔަލަށް މުއިއްޒުގެ އެކައުންޓަށް ބޭރުގެ ކުންފުނިތަކާއި ރާއްޖޭގެ ބައެއް އަމިއްލަ ފަރާތްތަކުން ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވެ އެވެ. އަދި މުއިއްޒުގެ އެކައުންޓުން ގިނަ އަދަދެއްގެ ޓްރާންސެކްޝަން އެކި ފަރާތްތަކަށް ހަދައިފައި އެބަ ހުއްޓެވެ.